ދުނިޔެ

ޖަޕާނުގައި ފެންބޮޑުވެ 55 މަރު، ދެ މިލިއަން މީހުންގެ ގެދޮރު ގެއްލިއްޖެ

Jul 8, 2018
1

ޖަޕާނުގެ ހުޅަނގު ދެކުނަށް ކުރަމުން ގެންދާ ވިއްސާރައިގައި މިހާތަނަށް 55 މީހުން މަރުވެފައިވާ އިރު، ދެ މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

މީގެ އިތުރުން، މި ހާދިސާގައި 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، 33 މީހުން ގެއްލިފައިވާ ކަމަށް ވެސް، ޖަޕާނުގެ ފަޔާ އެންޑް ޑިޒާސްޓާ މެނޭޖްމަންޓް ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.

ހިރޮޝިމާ އާއި ކިޔޯޓޯ ހިމެނޭގޮތަށް ޖުމްލަ އަށް ސަރަހައްދެއްގައި އެތަކެއް ސަތޭކަ ގެދޮރެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސްވެ އެވެ.

އެ ގައުމުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުންވަނީ ހުޅަނގުގެ ގިނަ ސަރަހައްދުތަކަށް އެންމެ މަތީ ލެވެލްގެ އެލާޓް ނެރެފަ އެވެ.

މިއަދާއި މާދަމައަށް ވެސް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވިފައިވާއިރު، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން، ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް 50،000 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޖަޕާނު ސަރުކާރުން ވަނީ ބުނެފަ އެވެ.