ދުނިޔެ

ޖަޕާނު ތޫފާނު: މަރުގެ އަދަދު މަތިވެ، ގެއްލުނު މީހުން ފެނުމުގެ އުއްމީދު ކުޑަ

Oct 15, 2019
ފާއިތުވި ބައިގަރުނު ތެރޭގައި ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާނާއެކު، އެ ރަށުގެ ކޯރުތައް ފުރިގެން، ގިނަ ސަރަހައްދުގައި ވަނީ ފެންބޮޑުވެފަ އެވެ. -- ފޮޓޯ: އޭޕީ
0%
0%
0%

ޓޯކިޔޯ (އޮކްޓޯބަރު 15) - ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 66 އަށް އަރާފައިވާއިރު، ގެއްލުނު މީހުން ފެނުމުގެ ފުރުސަތު ހަނި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

"ހަގިބިސް" ގެ ނަމުން ނަންދީފައިވާ ތޫފާނާއެކު ޖަޕާނުގެ މެދާއި އުތުރުގެ ސަރަހައްދުތަކުގެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފަ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އެ ތޫފާނުގައި 15 މީހުން ގެއްލިފައި ވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ފާއިތުވި ބައިގަރުނު ތެރޭގައި ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާނާއެކު، އެ ރަށުގެ ކޯރުތައް ފުރިގެން، ގިނަ ސަރަހައްދުގައި ވަނީ ފެންބޮޑުވެފަ އެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު އެރި ތޫފާނާއެކު 130،000 އަށް ވުރެ ގިނަ ގޭބީސީތަކުގައި ފެނުގެ ހިދުމަތް ކެނޑިފައިވާއިރު، އިތުރު 24،000 ގެތަކުގައި ކަރަންޓް ކެނޑިފައިވާ ކަމަށް ވެސް އިދާރާތަކުން ލަފާކުރެ އެވެ.

ތޫފާނުގެ ސަބަބުން ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން. -- ފޮޓޯ: ގެޓީ އިމެޖަސް

ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ ތޫފާނުގެ ގެއްލުމުގެ އަސަރު އެ ގައުމުގެ އިގުތިސޯދަށް ކުރާނެ ކަމަށެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެތަކެއް ހާސް ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އެ މަސައްކަތަށް 4.6 ބިލިއަން ޑޮލަރުގެ ރިޒާވެއް ހުރި ކަމަށް ޖަޕާނުގެ ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345