ޖަޕާން

ޓޯކިޔޯ އާންމު ހާލަތަށް ގެނައުމުގެ މަސައްކަތް ފަށައިފި

ބާރުގަދަ ތޫފަނެއްގެ ސަބަބުން ސުންނާތިވެފައިވާ ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އާރާސްތު ކުރުމުގެ މަސައްކަތް އެ ގައުމުގެ ސަރުކާރުން ފަށައިފި އެވެ.

ތޫފާނުގެ ސަބަބުން ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ޖަޕާނުގެ ސިފައިން ދަނީ ބޮޑުވި ފެންގަނޑު ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ޖަޕާނަށް އައި ތޫފާނުގެ ސަބަބުން މިހާތަނަށް 36 މީހަކު މަރުވެފައިވާއިރު، ގިނަ ބަޔެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައި ވެއެވެ. މިއީ ފާއިތުވި 36 އަހަރުތެރޭ ޖަޕާނަށް އައި އެންމެ ބާޜުގަދަ ތޫފާނެވެ.

ހަލާކުވެފައިވާ އިންފްރާސްޓްރަކްޗާ ބިނާ ކުރުމުގެ މަސައްކަތް އެ ގައުމުގެ އަމިއްލަ ކުންފުނިތަކުން މިހާރު ދަނީ ކުރަމުންނެވެ. އަދި ހާލުގައި ޖެހުނު މީހުނަށް ހާއްސަ ކޮށްގެން ހެދި ކޭމްޕުތަކުގެ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން 24 ގަޑިއިރު ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމެއް ވަނީ ހަމަޖައްސާފަ އެވެ.

ޓޯކިޔާގެ ހާލަތު އާންމު ހާލަތަށް ގެނައުމުގެ މަސައްކަތުގައި 100،000 ވޮލަންޓިއަރުން މަސައްކަތް ކުރަމުންދާއިރު 31،000 ސިފައިން ދަނީ އިމާރާތްތަކުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސަައްކަތް ކުރަމުންނެވެ. ތޫފާނުގެ ބާރުގަދަކަމުގެ ސަބަބުން ތޫފާން އައި ދުވަހު ޓޯކިޔޯގެ ހާލަތު ރަނގަޅު ކުރުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފަ އެވެ.

ބޯކަށް ވާރޭ ވެހެމުންދާތީ ކޯރުތަށް ބަންޑުވުމުގެ ފުރުސަތު އޮތުމުން، ޖަޕާނުގެ ސަރުކާރުން ވަނީ ބޮޑުހިލަ ޖެހުމުގެ މަސައްކަތް ފަށައިފި އެވެ.