ދުނިޔެ

ބާރުގަދަ "ހައިޝެން" ތޫފާން ޖަޕާނަށް އަރައިފި

ޖަޕާުނުގެ އުތުރުގެ އެންމެ ބޮޑު ސަރަހައްދަށް ބާރުގަދަ ތޫފާނެއް އަރައިފި އެވެ. ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުން "ހައިޝެން" ތޫފާން ޖަޕާނަށް އެރުމުގެ ސަބަަބުން ސަލާމަތީ ގޮތުން ރައްކާތެރި ސރަހައްދުތަކަށް މީހުން ބަދަލު ކުރަން ވަނީ ފަށާފަ އެވެ.

ތޫފާންގެ ކަންކަން ބަލާ އިދާރާތަކުން އިންޒާރު ދީފައިވާ ގޮތުގައި ރެކޯޑް މިންވަރަކަށް ވާރޭވެހި ގަދަ ވަޔާއި ބޮޑެތި ރާޅުތަކާއިއެކު ކަނޑުގެ ދިޔަވަރު ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

ޖަޕާންގެ ފަޔާ އެންޑް ޑިސާސްޓާ މެނޭޖްމެންޓު އެޖެންސީ (އެފްޑީއެމްއޭ) އިން ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބުނެފައި ވަނީ ތޫފާނުގެ ސަބަބުން ނުރައްކާ ބޮޑުވާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން އެއްލައްކަ މީހުން ސަލާމަތީ ސަރަހައްދުތަކަށް ގެެންދަން އިރުޝާދު ދީފައިވާ ކަމަށެވެ. މިގޮތުން މީހުން ބަދަލު ކުރަން ލަފާ ދީފައި ވަނީ އޮކިނާވާ އާއި ކަގޯޝިމާ އާއި ކުމަމޯޓޯ އަދި ނަގަސާކީންނެވެ.

ރެކޯޑު މިންވަރަކަށް ވާރޭވެހި ވައިގަދަވެ ކަނޑުގެ ލޮނުގަނޑު އުފުލި ބިޔަ ރާޅުތައް އުފެދުމާއި ގުޅިގެން ސަލާމަތީ ފިޔަޅުތައް އެންމެމަތީ ފެންވަރުގައި އެޅުމަށް އާދީއްތަ ދުވަހު ބޮޑުވަޒީރު ޝިންޒޯ އަބޭ ވަނީ ވަނީ ގޮވާލައްވާފަ އެވެ. މިގޮތަށް ގޮވާލެއްވީ ކަމާބެހޭ މިނިސްޓަރުންނާއި ބައްދަލު ކުރައްވައި އަޅަންވީ ކުއްލި ފިޔަވަޅުތަކާއި މެދު ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ.

އުމުރުން ދުވަސްވީ މީހުން ކޮރޯނާ ވައިރަސްގެ ސަބަބުން މާސްކް އަޅައިގެން ކަގޮޝީމާ އާއި އެނޫން ވެސް ޖަޕާްންގެ އުތުރުގެ ސަރަހައްދުތަކުގެ އިވެކުއޭޝަން ސެންޓަރުތަކަށް ދަނީ ޖަމާވަމުންނެވެ. މި ތޫފާންގެ ސަބަބުން އަދި އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުލިބެ އެވެ. އެކަމަކު ދެ މީހަކު ޒަހަމްވެފައި ވެއެވެ

ގަޑިިއަކު 145 މޭލުގެ ބާރުމިނުގައި ވައިޖެހޭ މި ތޫފާންގެ ސަބަބުން އޮކިނާވާ އިން 3000 ގެ، އަމަމި އޮޝީމާއިން 8000 ގެއިން ކަރަންޓު ކަނޑައިގެން ގޮސްފައި ވެއެވެ. މި ތޫފާން ކިއޫޝޫގެ ހުޅަނގަށް އެރުމަށްފަހު ޖަޕާނުގެ ދެކުނު ހުޅަނގަށް ފޯރާއިރު ބާރު ދެރަވާން ފަށާނެ އެވެ.