ދުނިޔެ

ޖަޕާނަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް

Sep 5, 2018

ޓޯކިޔޯ (ސެޕްޓެމްބަރު 4) - މިދިޔަ 25 އަހަރުގެ ތެރޭގައި ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާނުގައި މިހާތަނަށް 11 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއްވެފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

ޖެބީގެ ނަން ދެވިފައިވާ ތޫފާނުގެ ސަބަބުން ޖަޕާނުގެ ހުޅަނގުން އޮންނަ ބޮޑެތި ސިޓީތައް ކަމުގައިވާ ކިޔޯޓޯ އަދި އޮސާކާއަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

ތޫފާނުގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރުގެ ހުރިހާ ނިޒާމެއް ހުއްޓުމަކަށް އައިސްފައިވާއިރު، އޮސާކާ ބައިނަލްއަގުވާމީ އެއާޕޯޓުގައި ތާށިވެފައިތިބި އެތަކެއް ހާސް ފަސަންޖަރުން މިހާރު ވަނީ އެހެން އެއާޕޯޓަކަށް ގެންދެވިފަ އެވެ.

ބުދަ ދުވަހާއި ހަމައަށް 1.2 މިލިއަން މީހުން ގެދޮރުދޫކޮށް ދިއުމަށްވެސް ޖަޕާނު ސަރުކާރުން ވަނީ އެލާޓު ނެރެފަ އެވެ. ދެ މިލިއަނަށް ވުރެ ގިނަ ގޭބީސީތަކުން ކަރަންޓު ކެނޑިފައިވާއިރު، އެ ސަރަހައްދުގެ ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ބަންދުކުރެވިފަ އެވެ.