ހަބަރު

ވަހީދުއްދީން ޝަހީމްއަށް މަރުހަބާ ދަންނަވައިފި

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމްގެ ރަނިންމޭޓަގެ ގޮތުގައި އިހްތިޔާރު ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ކުރީގެ ނައިބް ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޑީން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޝަހީމް ހޮވިވަޑައިގަތުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ޝަހީމްގެ ލީޑާސިޕްގެ ދަށުން އާ އުސްމިންތަކަކަށް ރާއްޖެ ގެންގޮސްދޭނެ ކަމަށްވެސް ޑީން ވިދާޅުވި އެވެ.


ރައީސް ޔާމީންގެ ރަނިންމޭޓަކަށް ޝަހީމް އިހުތިޔާރު ކުރުމާއެކު ސަރުކާރުގެ އިސްފަރާތްތަކުންވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވާފަ އެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ އާއި މުހައްމަދު ސައީދުވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

ރަނިންމޭޓަކަށް ވެވަޑައިގެންނެވުމަށްފަހު ކުރެއްވި ފުރަތަމަ ޓްވީޓްގައި ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ފަހަތްޕުޅުގައި ދިވެހި އެންމެހާ ރައްޔިތުން އެއްބައިވަންތަވެ އިލްމްވެރިންނާއި ޒަމާނުންނާއި ގައުމުގެ އެންމެހާ ކަނބަލުން އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރުމަށް މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީންގެ ރަނިންމޭޓް ރޭ އިއުލާން ކޮށްފައިވާއިރު އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް މިމަހުގެ 14 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް ޖޭޕީން މިއަދު ވަނީ ބުނެފަ އެވެ. އަދި ރަނިންމޭޓް ކަނޑައަޅާނީ ސިއްރު ވޯޓަކުން ކަމަށްވެސް އެޕާޓީން ބުންޏެވެ.