ދުނިޔެ

ޖަޕާނުގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 126 އަށް އަރައިފި

Jul 10, 2018

ޖަޕާނުގެ ހުޅަނގު ދެކުނަށް މިހާރު ކުރަމުން ގެންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 126 އަރައިފި ކަމަށް ރިޕޯޓުތަކުން ބުނެފި އެވެ.

މިހާރު ވެސް އެތައް ބަޔަކު ގެއްލިފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ދަނީ ޗަކަ ފެނުގެ ތެރެއިން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، އަދި ވެސް އެތަކެއް ސަރަހައްދުތަކަށް ވަނީ އެންމެ މަތީ ލެވަލްގެ އެލާޓް ނެރެފަ އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް 50،000 އަށް ވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ޖަޕާނު ސަރުކާރުން ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މޫސުން ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވޭތީ، ހާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށް ފަސޭހަވެގެންދާނެ ކަމުގައި އޮފިޝަލުން ވިދާޅުވެ އެވެ.