ހަބަރު

މ. އަތޮޅުގެ ހަތަރު ރަށަކަށް ރައީސް ފުރާވަޑައިގެންފި

Jul 10, 2018

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މ. އަތޮޅު ދިއްގަރާއި މުލަކާއި މުލީ އަދި ކޮޅުފުއްޓަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ރައީސް މުލަކު ނަރުދަމާ ނިޒާމާއި ދިއްގަރު ނަރުދަމާ ނިޒާމް ނިމުން އިފްތިތާހުކޮށް ދެއްވަން ހަމަޖެހިފައި ވެއެވެ.

ރައީސް ވަނީ މިދިޔަ ހަފްތާގައި ށ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެން އެރަށުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާފަ އެވެ.