ވިޔަފާރި

އެނބޫދޫ ފަޅު ތަރައްގީ ކުރާ ގޮތުގެ ޑޮކިއުމެންޓްރީއެއް ހިސްޓްރީ ޗެނަލަށް

Jul 10, 2018
1

ކްރޮސް ރޯޑްސްގެ ނަމުގައި ކ. އެނބޫދޫ ފަޅު ތަރައްގީކުރުގެ މަޝްރޫއާ ބެހޭ ގޮތުން ޑޮކިއުމެންޓްރީއެއް މަޝްރޫހު ހިސްޓްރީ ޗެނަލް އިން ހަދަން ފަށައިފި އެވެ.

އެނބޫދޫ ފަޅު ތަރައްގީކުރާ ތައިލެންޑުގެ ސިންހަ ކުންފުންޏާ ގުޅިގެން "މޭކިން މެގަ އިން ޕެރަޑައިސް" ގެ ނަމުގައި އޭ ޕްލަސް އީ ނެޓްވާކްސް އޭޝިއާ އާއި ތައިލެންޑްގެ އެންމެ ކުރިއަރާފައިވާ ޕްރޮޕަޓީ އަދި ހޯލްޑިންގ ކުންފުނި ސިންގް އެސްޓޭޓް މި މަޝްރޫއުގައި ދިމާވާ ލޮޖިސްޓިކަލް އަދި އިންޓެލެކްޗުއަލް ގޮންޖެހުންތައް މި ސީރީޒްގައި ފެނިގެންދާނެ ކަމަށެވެ.

ހައިރާންކުރުވަނިވި އެތައް ކަމެއް ހިމެނޭހެން، ބައިގަޑިއިރުގެ ހަ އެޕިސޯޑުގެ މައްޗަށް އެކުލަވާލާ މި ޑޮކިއުމެންޓަރީ ސީރީޒް ނެރެން ރާވާފައި ވަނީ އަނަން އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. މި ޑޮކިއުމެންޓަރީ ސީރީޒްގައި އެންމެ ހާއްސަ ކަމެއް ދެވޭނީ އެނބޫދޫ ފަޅުގެ ރީތިކަމާއި ހިތްގައިމުކަމަށެވެ. އެނބޫދޫސް ފެންޓާސްޓިކް ސެވަން ގެ ދުވަސްވީ ފަރުތަކާއި ގައުތަކާއި އޭގެ ވަށައިގެންވާ ދިރުން ރައްކާތެރިކުރުމަކީ މިމަސައްކަތް ކުރިޔަށްގެންދިޔުމުގައި ދިމާވާ ހާއްސަ ގޮންޖެހުމެކެވެ. އެނބޫދޫ ރިސޯޓް މެގަ މަޝްރޫއު ކުރިއަށް ދާއިރު މި މަޝްރޫއުގައި ހަރަކާތްތެރިވާ މާހިރުންގެ ކޮންމެ ނިންމުމެއްގައިވެސް ވަށައިގެންވާ ނާޒުކު މެރައިން އީކޯ ސިސްޓަމް ރައްކާތެރިކުރުމަށް ވިސްނާފައިވާ މިންވަރާއި އެކަމަށް ބޭނުންކުރާ އުކުޅުތައް މި ސީރީޒްގެ ތެރެއިން ފެނިގެންދާނެއެވެ. މީގެ އިތުރުން މި މަޝްރޫއުއަށް ތައިލެންޑާއި ދިވެހިރާއްޖެއާއި ބައިނަލްއަގުވާމީ ވިޝަނަރީންގެ ވިސްނުންތައް ހިމެނޭ މާސްޓަރ ޕްލޭންއަކާއި މި ޕްލޭންގެ ތަފްސީލުތައް ދައްކާލަން ރާވާފައިވެއެވެ. އަދި އީކޯ ކޮންޝަސް ޑިވެލޮޕްމަންޓްގައި ކަނޑައަޅާ ލަނުދަނޑިތައް ކާމިޔާބު ކުރުމަށްޓަކައި ކުދިކުދި ތަފްސީލުތަކަށް ދޭންޖެހޭ ހާއްސަ ސަމާލުކަމާއި އަހައްމިއްޔަތު މޭކިންގ މެގަ އިން ޕެރެޑައިސް ސީރީޒްގައި ފެނިގެންދާނެއެވެ.

އޭ އެންޑް އީ ނެޓްވޯކްސް އޭޝިއާގެ ޑައިރެކްޓަރު އެންޑް އެގްޒެކެޓިވް ޕްރޮޑިއުސަރު ކްރިސް ހަމްފްރީ ވިދާޅުވީ މިއީ އާދައިގެ ކޮންސްޓްރަކްޝަން މަޝްރޫއެއް ނޫން ކަމަށާ، މިއީ ތާރީހުގައި މިހާތަނަށް ކޮށްފައިނުވާ ފަދަ ކަމެއް ކަމަށެވެ.

"މުޅި ލޮކޭޝަންގެ 99 އިންސައްތަ އަކީ ކަނޑު. މިކަހަލަ ތަނެއްގައި މި ފަދަ ބޮޑު އިންޖިނިއަރިންގ އިނީޝިއެޓިވްއެއް ކުރިއަށްގެންދިއުމަކީ ވަރަށް އާދަޔާ ހިލާފު ދަތުރެއް. އީކޯ ޓޫރިޒަމް ތަރައްގީކުރުމުގެ މިފަދަ ކުޅަދާނަ މަޝްރޫއެއް ހިންގާއިރު އެކަން މިހާ ގާތުން ބެލުމުގެ ފުރުސަތު ލިބުނީމާ ވަރަށް ފަހުރުވެރިވޭ،" ހަމްފްރީ ވިދާޅުވި އެވެ.

ކްރޮސްރޯޑްސް، މޯލްޑިވްސް ގެ ޗީފް އޮޕަރޭޓިން އޮފިސަރު ތިޓި ތޮންގްބެންޖަމަސް ވިދާޅުވީ މި މަޝްރޫއުއަށް އަހަރަމެންގެ ޓީމުން ކޮށްފައިވާ މަސައްކަތާމެދު ވަރަށް ފަހުރުވެރިވަން. ސުވަރުގެއެއްގެ ގޮތުގައި ދެކެމުން އަންނަ ދިވެހިރާއްޖޭގެ ތިމާވެއްޓަށް މިކަމުން ކުރާ އަސަރު ވީހާ ވެސް ކުޑަ ކުރެވޭނޭކަން ފެށުނީއްސުރެ ނިމެންދެން އަހަރަމެން ޔަގީންކުރާ ކަމަށެވެ.

"ތަނެއްގައި އުޅޭ މީހުންނާ، އެތަނެއްގެ ގުދުރަތީ ތިމާވެއްޓާ އޮންނަ 'ހާމޯނިއަސް ކޯއެގްސިސްޓަންސް' ގެ މުހިއްމުކަމަކީ ސިންގް އެސްޓޭޓް އިން އަބަދުވެސް ގަބޫލުކުރާ ކަމެއް. އަދި މި މަޝްރޫއުއިން އެ ތަސައްވަރު ވަރަށް ފުރިހަމައަށް ހާމަކޮށްދޭ،" ތޮންގްބެންޖަމަސް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް 44 އަހަރުވީ ތާރީހުގައި ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން، ވަކިވަކި ލައިފްސްޓައިލް ކޮންސެޕްޓްތަކަށް ނުވަ ރަށެއް ތަރައްގީކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތިން ރަށެއް ތަރައްގީކުރާއިރު މި ތަންތަނަށް 311.5 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 4.8 ބިލިއަން ރުފިޔާ) އިންވެސްޓް ކުރާނެ އެވެ. މި މަޝްރޫއުގެ ދަށުން ހިންގާ ރިސޯޓުތަކުގައި ޖުމުލަ 1،300 ކޮޓަރި ހުންނާނެ އެވެ. އަދި މި މަޝްރޫއާއެކު 7،000 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ލޯންޗުގައި 10 މިނެޓުން ދެވޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ އެނބޫދޫ ލެގޫން މަޝްރޫއު ތަރައްގީކުރަނީ 3،000 ކޮޓަރި ހުންނާނެ ގޮތަށެވެ.