ދިވެހިން ތިބެންޖެހޭ އަދަދަށްވުރެ މަދުން ދިވެހިން ތިބި 58 ރިސޯޓެއް ރާއްޖޭގައި އެބަ އޮތް ކަމަށް ޓޫރިޒަމް މިނިސްޓްރީން މި އަހަރު ކުރި އިންސްޕެކްޝަން އިން ހާމަވެއްޖެ އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓޫރިޒަމް މިނިސްޓްރީ އާއި ފުލުހާއި އަދި ސިފައިން ގުޅިގެން ހިންގި "ޓޫރިޒަމް އިންސްޕެކްޝަން" ގެ ބައެއް ޑޭޓާތައް ހިއްސާ ކުރައްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު، ޓޫރިޒަމް ދާއިރާގެ އެކަށީގެންވާ ޑޭޓާއެއް ނެތް ކަމަށެވެ. ނަމަވެސް އިންސްޕެކްޝަނަށް ފަހު ގިނަ ޑޭޓާތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިހާރު ތިބީ 36،301 މީހުން ކަން ވެސް އެނގިގެން ގޮސްފައިވާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ސިމްޕޯޒިއަމްގައި ވައުދުވީ ގޮތަށް ހެދި، އިންސްޕެކްޝަނުން ޓޫރިޒަމް ސިނާއަތުގައި 17،138 ދިވެހިންނާއި 18،947 ބިދޭސީން މަސައްކަތް ކުރާކަން އެނގުނެވެ. އަދި ދިވެހި މުވައްޒަފުން ތިބެން ޖެހޭ އަދަދު 45 ޕަސެންޓަށް ވުރެ ދަށް، 58 ރިސޯޓު އޮތްކަން ފާހަގަ ކުރެވުނު އިރު ކަނޑައެޅިފައިވާ މިންގަނޑު ހިފަހައްޓާ 86 ރިސޯޓެއް އެބައޮތެވެ.
ސާވިސް ޗާޖަށް 200 އާއި 500 ޑޮލަރު
މިނިސްޓަރު ވިދާޅުވި ގޮތުގައި އާއްމު ގޮތެއްގައި ސާވިސް ޗާޖުގެ ގޮތުގައި ރާއްޖޭގެ ރިސޯޓު ތަކުން ދެނީ 200 ޑޮލަރާއި 500 ޑޮލަރެވެ.
"އަޅުގަނޑުމެން މިހާރު ވެސް މިދަނީ މި ޑޭޓާތައް އެއް ކުރަމުން. މީގެ މައްޗަށް ރާއްޖޭގެ ފަސްވަނަ ޓޫރިޒަމް މާސްޓަ ޕްލޭން ބައްޓަން ކުރާނީ. ޓޫރިޒަމް ސިނާއަތް އައިރު އޮތް ގޮތް މިއީ. މި ނޫން އެހެން ގޮތަކަށް އަޅުގަނޑުމެން ބަދަލު ކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމަށް ކަމުދާ 27 ރަށެއް ފާހަގަވި
އަލީ ވަހީދު ވިދާޅުވީ އާ ރަށްތަކެއް ނެރުމުގެ ގޮތުން، ހެދި ސާވޭ އިން އެނގުނު ގޮތުގައި ރިސޯޓު ހަދަން ކަމުދާ 27 ރަށެއް މިހާރު އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ހއ. އުލިގަމު ޓޫރިޒަމް މަޝްރޫއުގެ ދިރާސާ ވެސް ދެ މަސް ތެރޭ ނިންމާނެ ކަމަށެވެ.
"މީގެ ދެ ދުވަސް ކުރިން އޭގެ އިޝީނިއަލް އެސެސްމަންޓް ރިޕޯޓް ވަނީ ސީޑީއީ ކޮންސެލްޓެންޓް އިން ވަނީ ލިބިފައި. އެހެންނަމަވެސް މި އަހަރު ރަށެއް ނެރޭނީ ތިމާވެށީގެ ދިރާސާއާ ހަދަން ޖެހޭ އެހެން ދިރާސާތައް ހެދުމަށް ފަހު،"