ހަބަރު

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ދީދީ

Jul 12, 2018
13

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝެއިހް މުހައްމަދު ދީދީ އަނެއްކާވެސް އައްޔަން ކުރައްވައިފި އެވެ.

ޝެއިހް މުހައްމަދު ދީދީ އެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އައްޔަނު ކުރައްވާފައިވަނީ މިއަދު އެވެ.

މުހައްމަދު ދީދީ ވަނީ މީގެ ކުރިންވެސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފަ އެވެ. މީގެ ކުރިން އެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރު ކޯލިޝަނުން އަދާލަތް ޕާޓީ ވަކިވުމާއި ގުޅިގެން ނެވެ.

މުހައްމަދު ދީދީ އެ މަގާމަށް އަލުން އައްޔަން ކޮށްފައިވާއިރު މިދިޔަ މޭމަހު އޭނާ ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.