ކުޅިވަރު

ސްޓޯކް ސިޓީ ދޫކޮށް ޝަކީރީ ލިވަޕޫލަށް

މިދިޔަ ތިން ސީޒަންގައި ސްޓޯކް ސިޓީގައި މޮޅު ކުޅުމެއް ދެއްކި ސްވިޒަލޭންޑްގެ ޒާދާން ޝަކީރީ ލިވަޕޫލަށް ބަދަލު ވެއްޖެ އެވެ.

މިދިޔަ ސީޒަންގައި ސްޓޯކް ސިޓީ ރެލިގޭޓްވި ނަމަވެސް، ޝަކީރީ،26 ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. އޭނާ އަކީ މިދިޔަ ސީޒަންގައި ސްޓޯކަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ.

ވޯލްޑްކަޕުގައި، ސްވިޒަލޭންޑް ދެ ވަނަ ބުރަށް ގެންގޮސްދިނުމަށް ޝަކީރީ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި ވާދަވެރި ސާބިއާ ބަލި ކުރުމަށް، ސްވިޒަލޭންޑަށް ލަނޑު ޖަހައިދިނީ އޭނާ އެވެ. ނަމަވެސް ދެ ވަނަ ބުރުގައި އެ ޓީމު ބަލިވީ ސްވިޑެން އަތުންނެވެ.

އިންޓަ މިލާން ދޫކޮށް ޝަކީރީ، ސްޓޯކް ސިޓީއަށް ބަދަލުވީ 2015 އަހަރު އެވެ. ސްޓޯކް ސިޓީއާއެކު އޭނާ ސޮއި ކުރީ ފަސްއަހަރުގެ އެއްބަސްވުމެއްގަ އެވެ. ލިވަޕޫލުން އޭނާ ގަތީ 13 މިލިއަން ޔޫރޯ ސްޓޯކް ސިޓީއަށް ދިނުމަށް ފަހު އެވެ.

ޝަކީރީ އަކީި، މި އަންނަ ސީޒަނަށް ލިވަޕޫލަށް ގެނައި ތިން ވަނަ ކުޅުންތެރިޔާ އެވެ. އެ ޓީމުން އެންމެ ފަރަތަމަ ގެނައީ މޮނަކޯއަށް 39 މިލިއަން ޕައުންޑް ދިނުމަށް ފަހު، ފަބީނިއޯ އެވެ. އަދި ޖަރުމަންގެ ލެޕިޒިގުން ގުޅުނު ނަބީ ކެއިޓާ އެވެ.

ލިވަޕޫލުން ވަނީ މީގެ ކުރިންވެސް ޝަކީރީ އެ ޓީމަށް ގެނައުމަށް މަސައްކަތް ކޮށްފަ އެވެ. އޭނާ ލިވަޕޫލަށް ސޮއި ކުރީ ފަސް އަހަރަށެވެ.