ކުޑަ ފުނަފަރު

ކުޑަފުނަފަރު ރީބްރޭންޑްކޮށް އަލުން ހުޅުވަނީ

Jul 15, 2018

ނ. އަތޮޅުގައި ކުރިން ހިންގަމުން ގެންދިޔަ ކުޑަފުނަފަރު ރިސޯޓު ރީބްރޭންޑްކޮށް އަންމަ މަހު އަލުން ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ސައިޓުތަކުގައިވާ ގޮތުން "ނޮކޫ މޯލްޑިވްސް" ގެ ނަމުގައި ހުޅުވާ މި ރިސޯޓް އަލުން ހުޅުވާއިރު މި ރިސޯޓުގައި ތަފާތު އެކި ކެޓަގަރީތަކުގެ 50 ވިލާ ހިމެނޭނެ އެވެ. މީގެ ތެރޭގައި 30 ވޯޓާ ވިލާ އާއި ބީޗްގައި ތަރައްގީ ކޮށްފައިވާ 20 ވޯޓާ ވިލާވެސް ހިމެނެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ތްރީއޭ ކުންފުނިން "ޒިތާލީ" މޯލްޑިވްސް" ކުރިން ހިންގި މި ރިސޯޓު ސިންގަޕޫރުގެ ރޮޒީ ކުންފުނިން ގެނެފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އަދި މި ރިސޯޓު އަލަށް ހުޅުވާއިރު އެންމެ ޒަމާރީ ފެންވަރުގެ ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓުތަކާއި ސުވިމިން ޕޫލް ފަދަ ވަސީލަތްތައް ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް މާކެޓަށް ގިނަ އަދަދެއްގެ އާ އެނދުތަކެއް ދަނީ ނެރެމުންނެވެ. މިހާރު ރާއްޖޭގެ ޓޫރިޒަމް އެނދުގެ އަދަދު 41،000 އަށްވުރެ މަތިވެފައިވާއިރު ރިސޯޓްތަކުގެެ އަދަދު ވަނީ 130 އަށްވުރެ އިތުރުވެފަ އެވެ