ކުނި އުކަން ހުޅުމާލޭގައި މީގެ ކުރިން ބޭނުންކުރި ސަރަހައްދު ބަންދުކޮށް، އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރާ ހޮޓަލާއި ޖެހިގެން އޮންނަ ބިން ކުނިއުކާ އާ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފި އެވެ.
ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ހުޅުމާލެ އިރުދެކުނު ފަރާތުގައި އެކުންފުނިން ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ވޭސްޓް ޓްރާންސްފާ ސްޓޭޝަން މިއަދުން ފެށިގެން އެހެން ސަރަހައްދަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ ފަހުން އެ މަސައްކަތްތައް ކުރިއަށް ގެންދާނީ އެސްޓީއޯ އިން ތަރައްގީކުރާ ހޮޓަލާ އިންވެގެން އޮންނަ ސަރަހައްދަށް ކަމަށެވެ.
ތަން ބަދަލުކުރިޔަސް ކުނި އުކަން ސްޓޭޝަން ހުޅުވާ ގަޑިތަކަށް ބަދަލު ނާންނާނެ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފަ އެވެ.