ބޮލީވުޑް

"ޔޫރީ" ކުޅެން ވިކީ 20 ކިލޯ އިތުރުކޮށްފި

ވިކީ ކޯޝާލް އެންމެފަހުން ފެނިގެންދިޔައީ ބޮލީވުޑްގެ އެކްޓަރު ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް، ރާޖްކުމާރް ހިރާނީ ގެނެސްދިން ފިލްމު "ސަންޖޫ" އިންނެވެ. އެ ފިލްމުގައި އޭނާ ދެއްކި އެކްޓިންނާއި އޭނާގެ ހުނަރަށް ގިނަ ބައެއް ތައުރީފު ވަނީ ލިބިފަ އެވެ.

ވިކީ މިހާރު ތައްޔާރުވަމުން އަންނަނީ، 2016 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕާކިސްތާނުގެ ސިފައިން އިންޑިއާގެ ކަޝްމީރުގެ ސިފައިންނަށް ދިންކަމަށް ތުހުމަތުކުރާ ޓެރަރިސްޓު ހަމަލާއަކާއި ގުޅުވައިގެން ތަައްޔާރުކުރާ ފިލްމަކަށެވެ. "ޔޫރީ ޓެރަރިސްޓް އެޓޭކް" ކިޔާ އެ ހާދިސާއަށް ތައްޔާރުކުރާ މި ފިލްމު ޑައިރެކްޓުކުރަނީ ރޯނީ ސްކުރޫވާލާ އެވެ.

މި ފިލްމުގައި ވިކީ ކުޅެނީ އިންޑިއާގެ ސިފައިންގެ މީހެއް ރޯލެވެ. އެ ރޯލު ކުޅުމަށް އޭނާ މިހާރު ވަނީ 20 ކިލޯ އިތުުރުކޮށްފަ އެވެ. އެއީ މި ފިލްމުގައި ގިނަ އެކްޝަން މަންޒަރުތަކާއި ވަރަށް ގިނަ ބަރު އެއްޗެހި އުފުލަންޖެހޭ މަންޒަރުތައް ނަގަންޖެހޭތީ ކަމަށް މައުލޫމާތު ލިބެ އެވެ.

ކުރިން އޭނާގެ ބަރުދަނުގައި ހުރީ 70 ކިލޯ އެވެ. މިހާރު އޭނާގެ ބަރުދަނުގައި 90 ކިލޯ އެބަހުއްޓެވެ.