ހަބަރު

ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

Jul 16, 2018

މާލެ އަތޮޅު ވާދޫ ކައިރިން ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ވާދޫ ކައިރިން "ވޭކަން" ދޯނި އަޑިއަށްދާތީ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހަބަރު ލިބިފައވަނީ މިއަދު ހެނދުނު 9:30 ގައި ކަމަށާއި ދޯނީގެ ފަޅުވެރިން ފަމްޕް ޖަހައިގެން މިހާރު ދިޔަވުން ކޮންޓްރޯލް ކޮށްފައިވާވކަމަށެވެ.

އެ ދޯނީގައި ހަ މީހުން ތިއްބެވެ. އެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ދޯނީގެ ވެރިފަރާތުން ދޯނި ކަފުޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެ ދޯންޏަކީ ވެލި ބަރުކޮށްގެން ދަތުރު ކުރި ދޯންޏެކެވެ.