ލައިފްސްޓައިލް

ސިކުނޑިއާބެހޭ ޝައުގުވެރި ވާހަކަތަކެއް!

ސިކުނޑިއަކީ މާތް ﷲ އިންސާނާއަށް ދެއްވި އެންމެ ހައިރާންކުރަނިވި އަދި އެންމެ ފުރިހަމަ އެއް ގުނަވަނެވެ. ކޮންމެ ދުވަހަކު އިންސާނާ ކުރާ ކަންކަމާއި ވިސްނާ ވިސްނުންތައް ގުޅިފައި ވަނީ ސިކުނޑިއާ އެވެ.

މިއީ ހަމައެކަނި ގުނަވަނެއް ނޫނެވެ. އިންސާނާ ދިރިހުރުމުގެ އަސްލަކީ ވެސް މި އެވެ. ޝައުގުވެރިކަން ދަމައިގަންނަ އެތައް މުހިންމު ވާހަކައެއް މި ގުވަނާއި ގުޅިފައިވެ އެވެ.

ބޮޑު މީހެއްގެ ސިކުނޑީގައި ތިން ޕައުންޑުގެ ބަރުދަން ހުންނަކަން އިނގޭ ހެއްޔެވެ؟ އެއީ އިންސާނާގެ ބަރުދަނުގެ ގާތްގަނޑަކަށް ދެ ޕަސެންޓެވެ. އިންސާނާގެ ހަށިގަނޑަށް ލިބޭ ހަކަތާއި އޮކްސިޖަންގެ 20 ޕަސެންޓު ބޭނުން ކުރަނީ ސިކުނޑިންނެވެ. މިއާއެކު އިންސާނާގެ ހަށިގަނޑުގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ގުވަނަކީ ސިކުނޑި އެވެ.

އުމުރުން ދުވަސްވުމުން ހަނދާން ބަލިވާ ވާހަކަ އަބަދުވެސް އިވެ އެވެ. އެހެން ވަނީ މީހާ މުސްކުޅިވެ ގުނަވަންތަކުގެ ބާރު ދަށްވަމުން ދާއިރު، ސިކުނޑީގެ ބާރު ވެސް ކުޑަވެ ހަނދާންތައް ސިކުނޑީގައި ރައްކާ ކުރުމަށް އޮންނަ ޖާގަ ކުޑަވެގެންދާތީ އެވެ. އަހަރެމެން

ބޭނުންކުރާ މެމޮރީ ކާޑާއި ޕެންޑްރައިވް ކަހަލަ އެއްޗެއްސަށް ވައިރަސް އެރުމުން އޭގެ މެމޮރީ ސްޕޭސް ދަމާލީމާ ޕެންޑްރައިވްގައި ރައްކާކޮށްފައި ހުރި ޑާޓާ ކޮޅު ގެއްލޭހެން ހަނދާންތައް ވެސް ގެއްލެނީ އެވެ.

އެކްސިޑެންޓެއްވެ ނުވަތަ އެނޫންވެސް ގޮތަކުން ސިކުނޑިއަށް ގެއްލުމެއްވެއްޖެނަމަ، އެ ގެއްލުމަކުން އަރައިގަނެ ފަސޭހަވުމަށް ސިކުނޑީގައި ހުންނަ ސެލްތަކުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެ އެވެ. މިފަދަ ގެއްލުމަކުން މީހާ ފަސޭހަވާއިރު ބައެއް ފަހަރު އިންސާނުނަށް އާ ކަންކަން ކުރުމުގެ ހުނަރު ލިބޭ ކަމަށް ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވެ އެވެ. ސްޓްރޯކާއި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ މީހުނަށް މިއީ ހަމަ ޔާގީނުންވެސް ވާނެކަމެއް ކަމަށްވެ އެވެ.

ބަނޑުބޮޑު ދުވަސްވަރު މާބަނޑު އަންހެނުންގެ ސިކުނޑި ކޮންމެ މިނެޓަކު 250،000 ނާވް ސެލްސްގެ ރޭޓުން ބޮޑުވަމުން ދާނެ އެވެ.

ސިކުނޑި އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް ފެނަކީ އިންސާނާގެ ހަށިގަނޑަށް މުހިންމު އެއްޗެކެވެ. އެއީ ފެން ބޯ މިންވަރު މަދުވެއްޖެނަމަ ސިކުނޑީގެ މުހިންމު ގިނަ ސެލްތަކެއް ހިމެނޭ "ގްރޭ މެޓާ" މަދުވުމުގެ ސަބަބުން ވިސްނުމަށް އުނދަގޫވާނެތީ އެވެ. މީހަކު 90 މިނެޓު ވަންދެން ދާހިއްލައިފިނަމަ އޭގެ މާނައަކީ އެމީހެއްގެ ސިކުނޑިން އަހަރައްހާއި ދުވަހުގެ ތެރޭގައި ހަދާންތައް ބަލިވާވަރަށް ހަނދާންތައް ބަލިވާނެ އެވެ.

އިންސާނުން ބޭނުން ކުރަނީ ސިކުނޑީގެ އެންމެ 10 ފަސެންޓުކަމަށް ވެސް ވެ އެވެ. ނަމަވެސް މިއީ އެކި ސިއްހީ ތަޖުރިބާކާރުން އަދިވެސް ބަހުސް ކުރަމުން އަންނަ ވާހަކައެކެވެ.