ވިޔަފާރި

އެސްޓާސް ބަދިގެ ސާމާނުގެ އަގު ހެޔޮ ބަންޑަލްތައް މާލެއަށް!

Jul 16, 2018

އެސްޓާސް އިން ބަދިގެ ސާމާނަށް ހާއްސަކޮށް ހުޅުމާލޭ ފިހާރާގައި ވިއްކަމުން އައި ބަންޑަލް އެސްޓާސް މާލޭގެ ފިހާރާގައި ވެސް ވިއްކަން ފަށައިފި އެވެ.

އެސްޓާސް އިން ބުނީ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މާލޭގައި ވިއްކަން ފެށި ބަދިގެ ސާމާނު ހިމެނޭ "ބަންޑަލް" ގެ އަގުތައް ބޮޑުތަން ހެޔޮވާނެ ކަމަށެވެ.

އެސްޓާސް އިން ވިއްކާ ގިނަ ބާވަތްތައް "ބަންޑްލް" ކޮށް މިވަނީ ހާއްސަ އަގުތަކެއްގައި ވިއްކަން ފަށާފަ އެވެ. މި ބަންޑަލްގައި ހިމެނެނީ ގެއަށް ބޭނުންވާނެ މުހިންމު ގިނަ ބާވަތް ތަކެވެ. މި ބަންޑަލްސްތަކުގައި ހިމެނެނީ:

ބަންޑްލްސް އޭ: މި ބަންޑަލްގެ އަގަކީ 499ރ. އެވެ. މި ޕެކޭޖުގައި ސޭންޑްވިޗް މޭކާ އާއި ޓޯސްޓާ އަދި ފަން ކައްކާ ކުރައެއް އަދި އިސްތިރި އެކެވެ.

ބަންޑަލްސް ބީ: މި ބަންޑަލްގެ އަގަކީ 799ރ. އެވެ. މީގައި ހިމެނެނީ ސޭންޑްވިޗް މޭކާ އަކާއި ޓޯސްޓަކެއް އަދި ފެން ކައްކާ ކުރަ އަކާއި އިސްތިރިއެއް އަދި މިކްސްޗަރެކެވެ.

ބަންޑްލްސް ސީ: މި ބަންޑްލްގެ އަގަކީ 1،111ރ. އެވެ. މި ބަންޑަލްގައި ރައިސް ކުކާ އާއި ސޭންޑްވިޗް މޭކާ އަދި ޓޯސްޓަރެއްގެ އިތުރުން ފެން ކައްކާ ކުރަ އަކާއި އިސްތިރިއެއް އަދި ބްލެންޑާއެއްގެ އިތުރުން ވަޅި ސެޓެއްވެސް ހިމެނެ އެވެ.

އެސްޓާސްއަކީ 1997 ވަނަ އަހަރުން ފެށިގެން ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ. އަދި މިހާރު އެސްޓާސްވަނީ ދިވެހިންގެ މަގުބޫލު ބްރޭންޑަކަށެވެ.