ވިޔަފާރި

އެސްޓާސްއިން ސްކައިވޯތް ޓީވީގެ އަގު މާ ބޮޑުތަން ހެޔޮކޮށްފި

Oct 9, 2018
2

އެސްޓާސް އިން ސްކައިވޯތް ޓީވީގެ އަގުތައް މާ ބޮޑަށް ހެޔޮކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެސްޓާސް އިން މިހާރު ފަށާފައިވާ ހާއްސަ ޕްރޮމޯޝަންގައި ސްކައިވޯތް އެންމެ ބޮޑެތި ޓީވީތަކުން ފެށިގެން، ގޭގޭގައި އާއްމު ގޮތެއްގައި ބޭނުންކުރާ ޓީވީތައް ވަނީ ހެޔޮކޮށްފަ އެވެ. އެގޮތުން ކުރިން 19،999ރ. އަށް ވިއްކަމުން ގެންދިޔަ 65 އިންޗީގެ ސިކްސް ޖީ އެންޑްރޮއިޑް ޓީވީތަކުގެ އަގުހެޔޮކޮށް މިހާރު ވިއްކަނީ 15،888ރ. އަށެވެ.

އެސްޓާސްއަކީ އާއްމު ގޮތެއްގައި ގޭގޭގައި ބޭނުންކުރާ ގިނަ ބާވަތްތައް ވިއްކާ ފިހާރައެކެވެ. މިގޮތުން ހާއްސަކޮށް އެސްޓާސް މަޝްހޫރުވެފައިވަނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ހެޔޮ އަގުގައި ވިއްކުމެވެ.