ވިޔަފާރި

އެސްޓާސް އިން އަހަރު ނިންމާ ސޭލް ފަށައިފި

Dec 4, 2018

އެސްޓާސް އިން އަހަރު ނިންމަން ހާއްސަކޮށް އަގު ހެޔޮ ސޭލެއް ފަށައިފި އެވެ.

އެސްޓާސް އިން ކުރިއަށް ގެންދާ މި ސޭލްގައި ވަރަށް ގިނަ އެއްޗިހީގެ އަގުތައް ވަނީ ހެޔޮކޮށްލާފަ އެވެ. އެގޮތުން މިސޭލްގައި އަގު ހެޔޮކޮށްލާފައިވާ ބާވަތްތަކުގެ ތެރޭގައި ފަރުނީޗަރުގެ އިތުރުން ފްރިޖާއި ޓީވީ އަދި ބަދިގޭގައި ބޭނުންކުރާ ގިނަ ސާމާނު ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ސާމާނުތަކުން 50 ޕަސެންޓާއި ހަަމައަށް ޑިސްކައުންޓް ލިބޭކަންވެސް އެސްޓާސްއިން ފާހަގަ ކޮށްފައިވެއެވެ. އަދި ސްޓޮކް ހުސްވަންދެން މި ތަކެތި ގަނެވޭނެކަމަށްވެސް އެސްޓާސް އިން ބުންޏެވެ.

އެސްޓާސް އިން ބުނީ މި ސޭލްގައި ބައެއް ސާމާނު އަގުތައް 50 ޕަސެންޓާ ހަމައަށް ހެޔޮކޮށްލާފައިވާ ކަމަށެވެ. އަދި މި ސޭލް ކުރިއަށް ގެންދާނީ ސްޓޮކް ހުސްވަން ދެން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އޮފީސްތަކާއި އާއްމު ދިރިއުޅުމުގައި ބޭނުންކުރާ ގިނަ ބާވަތްތަކެއް ވިއްކުން ގެންދާ އެސްޓާސް އިން ވަނީ އަގު ހެޔޮކޮށް މުދާ ގަތުމަށްޓަކައި އޮންލައިން ޝޮޕްގެ ހިދުމަތްވެސް ދެމުންނެވެ.