ބޮލީވުޑް

"ބައްޓީ ގުލް މީޓަރް ޗާލޫ" ސެޕްޓެމްބަރަށް ފަސްކޮށްފި

ޝާހިދު ކަޕޫރް އަދި ޝްރައްދާ ކަޕޫރް ލީޑުން ފެނިގެންދާ ކޮމެޑީ ޑްރާމާ ފިލްމު "ބައްޓީ ގުލް މީޓަރް ޗާލޫޫ" ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ އަންނަ މަހު 31 ގަ އެވެ. ނަމަވެސް މިހާރު މި ފިލްމު ރިލީޒްކުރާ ތާރީހު އަންނަ ސެޕްޓެމްބަރު މަހުގެ 14 އަށް ވަނީ ފަސްކޮށްފަ އެވެ.

އިންޑިއާގެ މަޝްހޫރު ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އަދަރްޝު ވަނީ ޓުވިޓާ މެދުވެރިކޮށް ފިލްމު ރިލީޒްކުރުން ފަސްކުރިކަން ކަށަވަރުކޮށްދީފަ އެވެ.

ޝްރީ ނާރާޔަން ސިންހު ޑައިރެކްޓުކުރާ މި ފިލްމަކީ ކަރަންޓު ލިބުމުގައި އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަރަންޓު ބިލްގައި މަކަރު ހަދާ މައްސަލަތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ގެނެސްދޭ ފިލްމެކެވެ.

ތަރަން އަދަރްޝު ކުރި ޓުވީޓް.

ޝާހިދު އާއި ޝްރައްދާގެ އިތުރުން މުހިންމު ރޯލަކުން މި ފިލްމުގައި ޔަމީ ގޯތަމްވެސް ފެނިގެންދާނެ އެވެ. މި ފިލްމުގެ ޝޫޓިން މިހާރު ނިމިފައިވާއިރު، ދާދިފަހުން ޝާހިދު އާއި ޝްރައްދާ ވަނީ މި ފިލްމުގެ ހާއްސަ ލަވައެއްވެސް ޝޫޓުކޮށްފަ އެވެ.