ހޮލީވުޑް

މިސްޓާ ރޮގާސްގެ ބަޔޮޕިކް ފިލްމުގައި މެތިއު ރީސް

ޓީވީ ސީރީޒް "ދި އެމެރިކަންސް" އިން އެމީ އެވޯޑްސްއަށް ނޮމިނޭޓުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް އެކްޓަރު މެތިއު ރީސްއަށް ހޮލީވުޑްގެ ބޮޑު ސްކްރީން ފިލްމަކުން ފުރުސަތު ލިބިއްޖެކަމަށް ހޮލީވުޑް ރިޕޯޓާއިން ބުނެފި އެވެ.

"ޔޫ އާ މައި ފްރެންޑް" ކިޔާ މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު ޓީވީ ޕާސަނެލިޓީއެއް ކަމަށްވާ ފްރެޑް ރޮގާސް ނުވަތަ އާންމު ނަމުންނަމަ މިސްޓާ ރޮގާސްގެ ހަޔާތައް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމުގައި މިސްޓާ ރޮގާސްގެ ރޯލުން ފެނިގެންދާނީ ޓޮމް ހޭންކްސް އެވެ.

ޓްރައިސްޓާ ޕްރޮޑަކްޝަނުންގެ ކުޑައިގެ ދަށުން ނިކުންނާނެ މި ފިލްމުގައި ގެނެސްދޭނީ މިސްޓާ ރޮގާސްއާއި އެވޯޑު ހޯދާފައިވާ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ޓޮމް ޖުނޯޑްއާއި ދެމެދުގައި އޮތް ހާއްސަ ގުޅުމެވެ. ޓޮމް ވަނީ މިސްޓާ ރޮގާސްގެ ޕްރޮފައިލްއެއް ލިޔެފަ އެވެ. އެ ޕްރޮފައިލް ވެގެންދިޔައީ އޭނާއަށް ބޮޑު މަޝްހޫރުކަމެއް ލިބުނު ލިޔުމަކަށެވެ. ޓޮމްގެ ރޯލުން މި ފިލްމުގައި ފެނިގެންދާނީ މެތިއު އެވެ.

މި ފިލްމު ޑައިރެކްޓުކުރަނީ "ދަ ޑައިރީ އޮފް އަ ޓީނޭޖް ގާލް" ގެ ޑައިރެކްޓަރު މެރިލީ ހެލާ އެވެ. ސްކްރީންޕްލޭ ތައްޔާރުކުރީ މީކާ ފިޓްޒާމަން ބުލޫ އަދި ނޯއާ ހާޕްސާޓަރް އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ޓްރައިސްޓާ އާއި ބިގް ބީޗް ފިލްމްސް ގުޅިގެންނެވެ.

މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އޮކްޓޯބަރު މަހު 18 ގަ އެވެ.