ރެޑްބުލް

ރެޑްބުލް ރެޑް އެޑިޝަން: ތަފާތު ރަހައެއް، ތަފާތު ކުލައެއް

ދުނިޔޭގެ އެންމެ މަޝްހޫރު އެނާޖީ ޑްރިންކް ކަމަށްވާ ރެޑްބުލްގެ ރެޑް އެޑިޝަން ދިވެހިރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

ރެޑްބުލް ރެޑް އެޑިޝަން އަކީ ރެޑްބުލް އެނާޖީ ޑްރިންކްގެ ފޯމިއުލާ ބޭނުނުކޮށްގެން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. އެކަމަކު ރެޑް އެޑިޝަންގެ ތަފާތަކީ ރަހަ އާއި ކުލައިގެ ތަފާތެވެ. ރެޑް އެޑިޝަން އަކީ ކްރޭންބެރީ ފްލޭވާ އެކުލެވިގެންވާ ޑްރިންކެކެވެ. އަދި މި ޑްރިންކްގެ ކުލައަކީ ރަތްކުލަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ބައެއްގެ މަގްބޫލުކަން ހޯދައިފައިވާ ރެޑްބުލް ރެޑް އެޑިޝަން އިން ވެސް ރެޑްބުލް އެނާޖީ ޑްރިންކް އިން ކުރާ އަސަރު ކުރާނެ އެވެ.

ރެޑްބުލް ރެޑް އެޑިޝަން މިހާރު ވެސް ބައެއް ފިހާރަތަކުން ލިބެން އެބަހުއްޓެވެ. ރެޑްބުލް ރެޑް އެޑިޝަން ރާއްޖޭގައި ވިއްކަނީ ރެޑްބުލް އެނާޖީ ޑްރިންކާއި ރެޑްބުލް ޝުގަ ފްރީއާ އެއް އަގެއްގަ އެވެ. އެކަމަކު ރެޑްބުލް ރެޑް އެޑިޝަން ރާއްޖޭގެ ބާޒާރުން ލިބޭނީ ވަކި މުއްދަތަކަށެވެ.

ރެޑްބުލް ރެޑް އެޑިޝަން ރާއްޖެ އަށް ތައާރަފްކުރުމުގެ ގޮތުން ރެޑްބުލް ރާއްޖޭގައި މާކެޓްކުރާ ޔޫރޯ މާކެޓިން އާއި ރެޑްބުލް ގުޅިގެން މިރޭ އާޓިފިޝަލް ބީޗްގައި ހާއްސަ އިވެންޓެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި އިވެންޓުގައި މަޝްހޫރު ބޭންޑް "އީމާންްސް ކޮންސްޕިރަސީ" ޝޯއެއް އޮންނާނެ އެވެ.

ރެޑްބުލް "އެޑިޝަންސް" އެ ކުންފުނިން ތައާރަފްކުރީ 2011 ވަނަ އަހަރެވެ. ރެޑް އެޑިޝަން އެ އަހަރު އޮސްޓްރިއާ އަށް ތައާރަފްކުރުމަށް ފަހު، 2012 ވަނަ އަހަރު އިތުުރު ގައުމުތަކުގައި ރެޑް އެޑިޝަން ވަނީ ތައާރަފްކޮށްފަ އެވެ.

ރެޑްބުލް އެޑިޝަންތަކުގައި ރެޑް އެޑިޝަންގެ އިތުރުން ދެން ހިމެނެނީ ބްލޫ އެޑިޝަން (ބްލޫބެރީ ފްލޭވާ) އާއި ސިލްވާ އެޑިޝަން (ލައިމް ފްލޭވާ) އެވެ.