ރެޑްބުލް

ރެޑްބުލްގެ އަގު ހެޔޮ ކޮށްލުމުން ވިޔަފާރި 80 ޕަސެންޓް އިތުރުވެއްޖެ

  • މިހާރު ރެޑްބުލް ދަޅެއް ވިއްކަނީ 20ރ. އަށް
  • ބަންގްލަދޭޝަންގެ ގިނަ ބަޔަކު ރެޑްބުލް ގަނޭ
  • އެނާޖީ ޑްރިންކުގެ މާކެޓުގައި ރެޑްބުލްގެ ވިދުން ގަދަ

ރެޑްބުލްގެ އަގު ހެޔޮ ކުުރުމާއެކު ވިޔަފާރި 80 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޔޫރޯ މާކެޓިން އިން ބުނެފި އެވެ.

ރާއްޖެއަށް ރެޑްބުލް އެތެރެކުރާ ޔޫރޯ މާކެޓިންގެ ކޮމާޝަލް މެނޭޖަރު މުހައްމަދު ފަހުމީ ރެޑްބުލްގެ އަގު މިދިޔަ މަހު ހެޔޮ ކުރުމާއެކު ވިޔަފާރި 80 ޕަސެންޓް އިތުރުވެގެން ގޮސްފައިވާ ކަމަށާއި، ރެޑްބުލް ގަންނަ މީހުންގެ އަދަދު އެތައް ގުނައެއް އިތުރު ވެއްޖެ ކަމަށެވެ.

"ވަރަށް ބޮޑު ބޫސްޓެއް އައިސްފި. ވިޔަފާރި ވަރަށް ރަނގަޅު،" ފަހުމީ ވިދާޅުވި އެވެ.

ރެޑްބުލް އިން ވަނީ ކުރިން 25ރ. އަށް ވިއްކަމުން ދިޔަ ރެޑްބުލް ދަޅަކުން ފަސް ރުފިޔާ ހެޔޮ ކޮށްފަ އެވެ. އަގު ހެޔޮ ކުރުމާއެކު މިހާރު ވަކިން ދަޅެއް ވިއްކާނީ 20ރ. އަށެވެ.

ފަހުމީ ވިދާޅުވީ ރެޑްބުލްގެ އަގު ހެޔޮ ކުރުމުން ބަންގްލަދޭޝްގެ މީހުން ވެސް ގިނަ އަދަދަކަށް ރެޑްބުލް ގަންނަން ފަށާފައިވާ ކަމަށެވެ.

"މީގެ އެނގުނީ މިދަނޑިވަޅު އަގު ބޮޑު އެއްޗިއްސަށް ދާން ތަންކޮޅެއް އުނދަގޫ ވާކަން،" ފަހުމީ ވިދާޅުވި އެވެ.

ރެޑްބުލްގެ އަގު ރާއްޖޭގެ ބާޒާރުގައި ހެޔޮކުރިއިރު، ރެޑްބުލްއިން ދާދިފަހުން ވަނީ "ރެޑްބުލްގެ ރެޑް އެޑިޝަން" ރާއްޖޭގެ ބާޒާރަށް ނެރެފަ އެވެ. ރެޑްބުލް ރެޑް އެޑިޝަން އަކީ ރެޑްބުލް އެނާޖީ ޑްރިންކްގެ ފޯމިއުލާ ބޭނުނުކޮށްގެން ތައްޔާރުކޮށްފައިވާ ބުއިމެކެވެ. އެކަމަކު ރެޑް އެޑިޝަންގެ ތަފާތަކީ ރަހަ އާއި ކުލައިގެ ތަފާތެވެ. ރެޑް އެޑިޝަން އަކީ ކްރޭންބެރީ ފްލޭވާ އެކުލެވިގެންވާ ޑްރިންކެކެވެ. އަދި މި ޑްރިންކްގެ ކުލައަކީ ރަތްކުލަ އެވެ.