ވިޔަފާރި

އުރީދޫއިން ރާއްޖެ އަށް އެއާ އެމްބިއުލާންސެއް ހަދިޔާ ކުރަނީ

Jul 18, 2018
5

އުރީދޫ ގްރޫޕުން ރާއްޖެއަށް އެއާ އެމްބިއުލާންސެއް ރާއްޖެއަށް ހަދިޔާ ކުރާނެކަން އެ ކުންފުނިން އިއުލާނުކޮށްފި އެވެ.

ވައިގެ މަގުން ބަލި މީހުން އުފުލަން ހާއްސަ އެއާ އެމްބިއުލާންސެއް ހަދިޔާ ކުރާނެކަން އިއުލާނު ކުރެއްވީ، ތިން ސީއެމްބިއުލާންސް ހަދިޔާ ކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބު ހާން އެވެ. އުރީދޫ ގްރޫޕުގެ ޗެއާމަން ޝައިހު އަބްދުﷲ ބިން މުހައްމަދު ބިން ސައުދު އަލްސާނީގެ ފަރާތްޕުޅުން މިކަން އިއުލާނު ކޮށްދެއްވަމުން ނަޖީބު ވިދާޅުވީ މިކަން ވެގެންދާނީ އަނެއްކާ ވެސް ދިވެހިންނަށް ދޭނެ ހަދިޔާއަކަށް ކަމަށެވެ.

އުރީދޫ އިން އެއާއެމްބިއުލާންސެއް ހަދިޔާ ކުރަން ނިންމިއިރު، ގަތަރުގައި ބަނދެގެން ގެނެސްފައިވާ ތިން ސީއެމްބިއުލާންސް މިއަދު ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ. މި ސީއެމްބިއުލާންސްތަކަކީ ބަލި މީހުން އުފުލަން ހާއްސަކޮށް ފަރުމާކޮށްފައިވާ އުޅަނދު ތަކެވެ.

ރާއްޖޭގައި މިހާރު އާއްމުކޮށް ބަލި މީހުން އުފުލަނީ ކަނޑުމަގުންނެވެ. އަދި ރާއްޖޭގެ ދުރު ހިސާބުތަކުން ބަލި މީހުން ގެންނަނީ އާދައިގެ މަތިންދާ ބޯޓުގަ އެވެ. ނަމަވެސް އެއާ އެމްބިއުލާންސްއަކީ ބަލި މީހުން އުފުލަން ހާއްސަކޮށްފައިވާ އުޅަނދެކެވެ.