ހަބަރު

"ޕާކިން ޖޫރިމަނާ މާފަކީ ޒުވާނުންނަށް ރައީސް ދިން ދީލަތި މާފެއް"

Jul 18, 2018
7
މީގެ ކުރިން ބޭއްވި ޕްރެސްގައި މުއާޒް ވާހަކަ ދައްކަވަނީ. --- ފޮޓޯ: އަވަސް ފައިލް
50%
33.3%
16.7%

ޕާކިން ސްޓިކާ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ނިންމެވި ނިންމުމަކީ ދިވެހި ޒުވާނުންނަށްޓަކައި ރައީސް ދެއްވެވި ދީލަތި މައާފެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.

މުއާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، 7.8 މިލިއަން ރުފިޔާގެ ޕާކިން ޖޫރިމަނާ މާފްކޮށްދެއްވުމަށް ރައީސް ނިންމެވީ އެފައިސާ ދައްކަން ޖެހިފައިވާ ގިނަ އަދަދެއްގެ ޒުވާނުން ތިބުމުން ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ޒުވާނުންނަށްޓަކައި ދެއްވެވި ދީލަތި މާފެއް ކަމަށް މުއާޒް ވިދާޅުވި އެވެ.

ޕާކިން ސްޓިކާ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދޭން މިއަދު ނިންމާފައިވާއިރު، މާފުކޮށްދޭން ނިންމާފައިވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ކޮށްފައިވާ ޖޫރިމަނާތަކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުﷲ ޝިޔާޒް ވިދާޅުވީ، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޕާކިން ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ.

ޝިޔާޒް ވިދާޅުވީ، މިކަމަކީ ސިލްސިލާ ގޮތެއްގައު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށާއި 2017 އަދި 2018 ވަނަ އަހަރުގެ ޕާކިން ޓިކެޓް މާފް ކުރުމާއި ގުޅޭގޮތުން ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

ޕާކިން ޖޫރިމަނާ މާފް ކުރުމަށް ނިންމާފައިވާއިރު، 2015 ވަނަ އަހަރު ވަނީ ލައިސެންސް ނެތިގެން ސައިކަލް ދުއްވުމުން ކޮށްފައިވާ ޖޫރިމަނާތައް އެކީ މާފު ކޮށްދީފަ އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހެދިގޮތް

ޤަވާޢިދަށް ޚުރުމަތް ތެރިކޮށް ހިތާ ބަރާބަރަށް ފައިސާ ދެއްކި މީހުންނަށް ގެއްލުން މީތަ އިންސާފަކީ ވީމާ ސަރުކާރުން ތި ބުނަނީ ސަރުކާރުގެ އެއްވެސް އޮފީހަކުން ކުރާ ޖޫރިމަނާ އެއް ދައްކާނެ ކަމެއްނެތޭ ނޫންތޯ

ފަޤީރުކޮއި

ނިކަމެތި ކަމާއެކުވެސް ޤަވާޢިދަށް ހުރުމަށް ހިތަންވެގެން އެލާރިކޮޅު ކުރިން ދެއްކި މީހުންނަށް ކިހާދެރަ؟ އެނުދައްކާ ކޮފީގައި ތިބި މީހުންނަށް މަޢާފު. އިންސާފު

ޝިޒޫ

ކޮންމެ ގޮތެެށް ވިޔަސް ޔާމީން ހޮވާނީ

އަވާމެންދުރު

ތަންނެތަސް މުޅި ރާއްޖެ މާލެ އަރުވާފަ ޒޯން ފުރުނީމަ، ޒޯނުން ބޭތުގައި ޕާރކް ކުރަން މަޖުބޫރު ވާނެކަން ނޭނގެނީ ހެއްޔެވެ؟

މެސީ

ތިޔައީ ދީލަތި މާފެއް ނޫން ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް ދިން ހިތްވަރެއް އަކަން އިތުރަށް ކުރަން

މަނިއްޕުޅު

ކިތައްމެ ދީލަތިވިޔަސް ވޯޓެއް ނުދޭނަން !

ބީވާ

ޕާކު ކުރާނެ ތަނެއް ނުދައްކާ ޖޫރިމަނާ ކޮށްފަ އެ މާފު ކޮށްފަ މި ބުނަނީ ދީލަތި އެހީ އެކޭ. މިރައިސް ބޭނުން ވީމަ ގާނޫނު ބޭރުން ލައިސަންސް ދީ ފައިސާ ކަނޑަައި ދެވެނީ ކޮން އުސޫލަކުން؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345