ވާހަކަ

ބުނެދޭށޭރުހެމޭ

(17 ޖުލައި 2018 އާ ގުޅޭ) -- "އައި ވޯންޓް ޔޫ ސްކާލެޓް... އައި ޑޯންޓް ވޯންޓް ޓު ސްޓޮޕް" އަރްސަލްގެ އަޑު ވެސް ބަދަލުވެފައި ހުރި ކަހަލައެވެ. އެ އަޑުގައި ވެސް ވަނީ އެދުންވެރިކަމުގެ މަސްތުކަމެވެ.

"އަރްސަލް" ބޭއިޚްތިޔާރުގައި ނިމްރާއަށް ބުނެލެވުނެވެ.

ހަށިގަނޑުގެ އެދުން އިސްކޮށް ޟަމީރުގެ އަޑަށް ބީރު ކަންފަތެއްދޭން އަރްސަލް ބޭނުންވިއެވެ. އެހެންވިޔަސް ނިމްރާގެ މަނާވެގަތުމާ ދެކޮޅު ހެދުމުގެ ހިތްވަރެއް އަރްސަލްއަކަށް ނުލިބުނެވެ. ފުންނޭވާއެއް ދޫކޮށްލުމާއެކު ނިމްރާގެ ކަނދުރާގައި މޫނު ފޮރުވާލައިގެން އަރްސަލް ހިމޭންނުން އޮތެވެ. ނިމްރާގެ ބަނޑުމަތިން ގެނެސް އުނަގަނޑުގައި ހިފަހައްޓާލައިގެން އޮތް ގޮތުން ނިމްރާއާ ދުރަށްދާން އަރްސަލް ބޭނުންނުވާކަން ފާޅުވެއެވެ.

"އަރްސަލް" ހިމޭންވެފައި އަރްސަލް އޮންނަތާ އިރުކޮޅެއްވުމުން ނިމްރާ ގޮވާލިއެވެ. ޖަވާބެއްގެ ގޮތުން އަރްސަލް ހޫން ލައްވާލިއެވެ. އޭރު ހިނދުކޮޅަކަށް ވިޔަސް އަވަސްވެގެންދިޔަ ނޭވާ ހަމައަކަށް އެޅި ދެ މީހުން ވެސް ހަމަޖެއްހިފައި ތިއްބެވެ.

"ސޮރީ" މަޑުމަޑުން ނިމްރާ ބުނެލިއެވެ.

"ފޯ ވަޓް" އޮތްގޮތަށް އޮވެ އަރްސަލް ބުނެލިއެވެ.

"އައި ނީޑް ޓައިމް... ސޮރީ ދެޓް އައި ކާންޓް ގިވް ޔޫ ވަޓް ޔޫ ވޯންޓް" އިހުނަށްވުރެ ވެސް މިފަހަރު ނިމްރާގެ އަޑު މަޑުވިއެވެ.

"ލެޓްސް ގޯ... ރާދު އެބައިން... ދޭ ޗޭންޖުކުރަން" ކުރުއަތް މައްޗަށް ތެދުވެލައި ނިމްރާއާ ދުރަށް ޖެހިލަމުން އަރްސަލް ބުނެލިއެވެ. ނިމްރާ ބުނި ވާހަކައަށް ވަކި ޖަވާބެއް އަރްސަލް ނުދިނުމުން އޭނާއަށް ހީވީ އަރްސަލް ހިތްހަމަނުޖެހިފައި ހުރީ ކަމަށެވެ. ހިތަށް އުނދަގޫވީ ނަމަވެސް އަރްސަލް އެދުނުހެން އޭނާ އެނދުން ފައިބައިގެން "ވޯޑްރޮބް" ތެރެއަށް ވަނީ ސޯޓުބުރި ބާލާފައި ދިގު އެއްޗެއް ލާށެވެ.

ޓްރެކްސޫޓެއް ފާޑު ކުޅިވަރު ހަރުވާޅެއް ލައިގެން ނިމްރާ ނުކުތްއިރު ކޮޓަރީގައި އަރްސަލް ފެންނާކަށް ނެތެވެ. ކޮޓަރިން ނުކުންނަން އުޅެނިކޮށް ހިލަން ވެގެން ނިމްރާ ބަލާލިއިރު ފާޚާނާއިން އަރްސަލް ނުކުންނަނީއެވެ.

"ސައިބޮއެގެން ދާންވީނު، އަހަރެން ސޭންޑްވިޗް ތައްޔާރުކޮށްލަފާނަން، ނުވާނެ ގިނައިރެއް" އަރްސަލްއާ ދިމާއަށް އެނބުރިލައިގެން ހުރެ ނިމްރާ ބުނެލިއެވެ. އެއާއެކު އަރްސަލް ބޯޖަހާލިއެވެ. އަދި ނިމްރާއާއެކު ކޮޓަރިން ނުކުތެވެ.

"ކޮންއިރެއް މިހާރު، ނިމްރާ ބަލާ ދިޔަ މީހާ ކީކޮށްފަ ތިއައީ؟" ނުލަފާ ހިންޏެއް އައިސްފައި އިނދެ ރާދިން ބުނެލިއެވެ. އެދިމާއަށް އައި އަރްސަލްގެ ފަހަތުގައި ހުރި ނިމްރާއަށް ހުއްޓުން އެރިއެވެ. އޭނާ ބަލާލީ އަރްސަލްއަށެވެ.

"ވީ މޭކް ލަވް... އެހެންވެ ވަގުތުކޮޅެއް ނަގާނެއެއްނު" އަރްސަލް ބުނެލި އެއްޗަކުން ނިމްރާގެ ދެ ލޯ ބޮޑުކޮށްލެވި އަނގަ ތަންމިނަށް ހުޅުވިގެންދިޔައެވެ. އޭނާއަށް ވީގޮތް ދެ ޒުވާނުންނަށް ވެސް ފެނުނެވެ. ރާދިން ނިކަން ބާރަށް ހީނގަތެވެ.

"އެއީ ދޮގެއް... ޔޫ... ހުރިގޮތަށް ހުރި ޑެވިލްއެއް ހަމަ ތީ..." އަރްސަލްގެ ބުރަކަށީގައި ނިމްރާ ތަޅައިގަތެވެ. ލާނެތް ހިންޏެއް އައިސްފައި ހުރެ އަރްސަލް އައިސް ސޯފާގައި އިށީނެވެ. ލަދުން ގޮސް ރަތްވެފައި ހުރި މޫނު ފޮރުވަމުން ތުންކޮޅު އޫކޮށްލައިގެން ހުރެ ނިމްރާ ވަނީ ބަދިގެއަށެވެ.

ސިޓިންރޫމުގެ ސޯފާތަކުގައި ތިން ޒުވާނުން ތިބެ ހޮޓްޗޮކުލެޓާއި ސޭންޑްވިޗް ކަމުން އެކި ވާހަކަތައް ދެއްކިއެވެ. އެހެން ތިއްބާ ނިމްރާއަށް ފޯނެއް އައުމުން އޭނާ ފޯނު ބަލާލަން އުޅުނު ވަގުތު އަރްސަލް އެ ފޯނު އަތުލިއެވެ.

"ވައި އިޒް ހީ ކޯލިންގް" އެއްބުމަ ހިއްލާލާ ފޯނުގެ އިސްކުރީ ނިމްރާއަށް ދައްކާލަމުން އަރްސަލް ސުވާލުކުރިއެވެ.

"ކޯލު ނެގީމައެއްނު އެނގޭނީ... ދެން ދީބާ ފޯނު" ކޮފީ މޭޒުމަތީ ހޮޓްޗޮކުލެޓް ތަށި ބަހައްޓަމުން ނިމްރާ ޖެހިލީ އަރްސަލްގެ ގާތަށެވެ. އޭނާގެ އަތުގައި އޮތް ފޯނު އަތުލާށެވެ. އަރްސަލް ފޯނު ނުދޭން މަސައްކަތްކުރަނިކޮށް ނިމްރާ މޮޅު އެކްޓެއް ޖައްސާލީއެވެ. މެޔަށް ތަދަށް އެރިކަމަށް ހެދި ގުދުވެލި ހިނދު އަރްސަލްގެ އިތުރުން ރާދިން ވެސް ހާސްވެފައި ނިމްރާގެ ގާތަށް އައެވެ. އެވަގުތު އަވަހަށް އަރްސަލްގެ އަތުގައި އޮތް ފޯނު ނިމްރާ ދަމައިގަނެއްޖެއެވެ. އޭރު ހަލަފްގެ ފަރާތުން ދެ މިސްކޯލު އިސްކުރީނުގައި ފެންނަން އޮތެވެ.

"އޯއި!... ކިހިނެއްވީ މާ ވަރަކަށް ތި ގުޅަނީ" ހަލަފްއަށް ގުޅުމުން ނިމްރާ ބުނެލިއެވެ.

"ރެޑް! އަހަރެން ދަންތަ ތިކޮޅަށް" ހަލަފް އަހާލިއެވެ.

"މި ވާރޭގައިތަ؟" ސިޓިންރޫމުގެ ބްލައިންޑްސްތައް އެއްފަރާތްކުރެވިފައި ހުރުމުން ވެހެމުންދިޔަ ވާރޭ ނިމްރާއަށް ފެނެއެވެ.

"ވާރޭވެހުނަސް ދާން ބޭނުންވާ ތަންތަނަށް ދެވޭނެއެއްނު... ރެޑްއާ ވާހަކައެއް ދައްކާލަންވެގެންނޭ، އަޅެ ދަންތަ" ހަލަފް އާދޭހުގެ ގޮތަކަށް ބުނެލިއެވެ.

"އަޔަސް އޯކޭ... ޑެވިލް އެންޑް ހިޒް ކްރައިމް ޕާޓްނާ ވެސް އެބައިން އިނގޭ" އަނގައާއި ފޯނާއެކު އަތްއަޅާ ނިވާކޮށްލަމުން ނިމްރާ ސިއްރުން ބުނެލިއެވެ.

"ރިއަލީ... އެހެންވިޔަސް އޯކޭ، މިދަނީ އިނގޭ" ހަލަފް މިހެންބުނެ ނިމްރާއަށް އެއްޗެކޭ ނުބުނެވެނީސް ކޯލު ކަނޑާލައިފިއެވެ.

"ހަލަފް އަންނަނީތަ؟" ނިމްރާ ފޯނު ތިރިކޮށްލި ވަގުތު ރާދިން އަހާލިއެވެ. ނިމްރާގެ ލޮލުގެ ހިމަކޮޅުން އަރްސަލްއަށް އަވަސް ނަޒަރެއް ދިނުމާއެކު ރާދިންއަށް ބޯޖަހާލިއެވެ.

ހަލަފް އައިސް ގުޅުމުން އޭނާ މައްޗަށް އަރުވަން ނިމްރާ ދާން އުޅެން ފެށުމުން ރާދިން އެކަމަށް އިސްނެގިއެވެ. އޭނާ އެޕާޓްމެންޓުން ނުކުމެގެން ދިޔަ ވަގުތު އަރްސަލް ވާހަކަދައްކަން ފެށިއެވެ.

"މިރޭ އަންނާނަން، ޑިނާ އަހަންނާއެކު ނަގާނީ... ބޭރުން" އަރްސަލް ބުނެލިއެވެ. ނިމްރާ ބޯޖަހާލިއެވެ. އަރްސަލްގެ އެ ދެއުވަތުން ނިމްރާގެ ހިތަށް އުފާވެރިކަން ލިބިގެންދިޔައެވެ. ކޮޓަރީގައި ހިނގައިދިޔަ ކަންތަކަށްފަހު އެ ދެމެދަށް ވެރިވި ނުތަނަވަސްކަން ވެސް ފިލައިގެން ދިޔަ ކަހަލައެވެ.

"ޔޯ ޑެވިލް!" އެޕާޓްމެންޓަށް ވަން ހަލަފް އަތްހިއްލާލައި އަރްސަލްއަށް ހަނާ އަޅާލަމުން ބުނެލިއެވެ. ވަގުތުން އަރްސަލްގެ މޫނުމަތިން ފޫހިކަން ދައްކާލަމުން އޭނާ މޫނު އަނބުރާލިއެވެ. ހަލަފް ޖަހާލީ ހިނިގަނޑެކެވެ. އޭނާއަށް ބަލާލާފައި ނިމްރާ ކަޅިއަޅާލިއެވެ. އަރްސަލް ގަޔާނުވާކަން އެނގޭއިރު ވެސް ހަލަފް އެކަހަލަ ސަމާސާ ކުރާތީއެވެ. ރާދިން އޭނާގެ ގޮތުގައި ހިނިއައިސްފައި ހުރެ ސޯފާތަކާ ދިމާއަށް އައެވެ.

ރާދިންއާއި އަރްސަލް ގެއަށްދާން ނުކުތުމާއެކު ޓީވީ ބަލަން ސޯފާގައި އޮށޯވެ އޮތް ހަލަފް އަރިއަކަށް ޖެހިލައި ނިމްރާއަށް ގޮވާލިއެވެ. އޭރު ހޮޓްޗޮކުލެޓް ބޮއެފައި ހުރި މަގުތަކާއި ސޭންޑްވިޗް އެޅި ތަށިތައް ދޮންނަން ނިމްރާ އުޅެއެވެ.

"ރެޑް!... ކާކުގެ އައިޑިއާއެއްތަ ރެޑްއަށް ޕީއޭއެއް ހޯދައިދިނުން އެއީ" ހަލަފް އަހާލިއެވެ. އޭނާގެ އަޑު ސިންކު ކައިރީ ހުރި ނިމްރާއަށް އިވޭވަރަށް ވާހަކަދެއްކިއެވެ.

"ރާދުއާއި އަރްސަލްއާ ދެ މީހުން، އަހަންނަށް ވެސް އެނގުނީ އޮފީހަށް ނުކުތްފަހުން، ކިހިނެއްވީ؟" ނިމްރާ ބުންޏެވެ.

"ޝީ އިޒް އަ ރިއަލް ބިއުޓީ... އެ އޮތް އިސްތަށިގަނޑެއް ދޯ... ހާދަ ސަޅިއޭ، ރެޑްއަށް އޭނާ ވައްތަރެއްނޫންތަ ޑޯލްއަކާ" ސޯފާއިން ތެދުވެގެން އައިސް ނިމްރާ ފެންނަ ހިސާބުގައި ހަލަފް މަޑުކޮށްލިއެވެ.

"އެއީތަ ދައްކަން އައި ވާހަކައަކީ؟" ހިނިއައިސްފައި ހުރެ ނިމްރާ ބުނެލިއެވެ. އޭނާއަށް ހަލަފްއަށް ވެގެން އުޅޭ ގޮތް ދެނެގަންނަން އުނދަގުލެއްނުވިއެވެ.

"އީވާ... އީވާ ދޯ ކިޔަނީ... ދެޓް އިނޮސެންޓް ބިގް އައިސް، ރެޑް! އައި ކާންޓް ހެލްޕް އިޓް، އެ ގާލް ފެނުނުފަހުން އޭނާއާ މެދު އަބަދު ވިސްނެނީ، ރެޑް! ޕްލީޒް!... އައި ވޯންޓް ޓު މީޓް ހާ، ފްރެންޑްކޮށްދީބާ ޕްލީޒް" ހަލަފް ދެއަތްޖޯޑުކޮށް އާދޭސްކޮށްލިއެވެ. ނިމްރާ ހިނިގަނޑެއް ޖަހާލިއެވެ.

"އައި ވިލް ސީ ވަޓް އައި ކޭން ޑޫ... ބަޓް ޔޫ އޯ މީ ބިގް ޓައިމް" ނިމްރާ މިފަހަރު ޖަހާލީ ކުރިއާ ތަފާތު ހިނިގަނޑެކެވެ. ހަލަފްގެ މައްޗަށް އޭނާގެ ބާރު އޮތްކަން ދައްކާލާފަދަ ގޮތަކަށެވެ.

"އައި ނޯ... ރެޑް ބުނި ކޮންމެކަމެއްކޮށްދޭނަން" ހީނލާފައި ބޯކަހާލަމުން ހަލަފް ބުނެލިއެވެ.

އިރުއޮއްސިގެން ދިޔައިރު ވެސް ނިމްރާ ގާތުގައި ހަލަފް އުޅުނެވެ. އެ ދެމެދުގައި ދެކެވުނީ އީވާގެ ވާހަކައެވެ. ނިމްރާއަށް އޮޅުން ފިލާފައި އޮތް މިންވަރުން ހަލަފްއަށް ކިޔައިދިނެވެ. ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް ކަމެއް ހަނދާންވެގެން ގޮވާލާ އުސޫލުން ނިމްރާއަށް ހަލަފް ގޮވާލިއެވެ.

"ޑޭޑް ދޮންބެގެ ރޫމް ސާފުކޮށްފި، ވަރަށް އަވަހަށް ހުރިހާ ކަމެއް ބަދަލުވާނޭކަމަށް ޑޭޑް ބުނީ... ގިނަ ދުވަހެއްނުވެ ޢާއިލާގެ ހުރިހާ މެންބަރުން އެކުގައި ގޭތެރެއިން ފެނުމުގެ ނަސީބު ލިބޭނެހެން ހީވާކަމަށް ވެސް ބުނި، ދޮންބެ ބުނިތަ ރެޑް ކައިރީ އެއްވެސް އެއްޗެއް" ހަލަފް އަހާލިއެވެ.

"ނުބުނޭ... ބައްޕައާ ބައްދަލުކުރި ވާހަކަބުނީ" ނިމްރާ ބުނެލިއެވެ.

"އަހަންނަށް ވެސް ބްލީވެއްނުކުރެވުނު، ރެޑް! ވާހަކައެއް އަހަންތަ؟ ރެޑްއާއި ދޮންބެ ރައްޓެހިވެގެންތަ އުޅެނީ، އައި ނޯ ތި ދެ މީހުން ނުލާހިކު ކްލޯސްކަން، ދޮންބެ އެހާ ޗޭންޖުވީ ރެޑްއާ ދިމާވިފަހުން، ޔޫ ޗޭންޖްޑް ހިމް... ފޯ ގުޑް، ރެޑް! އައި އެކްސެޕްޓް ޔޫ އޭސް މައި ސިސް އިން ލޯ، މިހާރުއްސުރެ މިބުނީ... އަހަރެން ބޭނުންވަނީ ރެޑްއާއި ދޮންބެ މެރީ ކުރަން، ތި ދެ މީހުން އެކުގައި ފެންނަން ބޭނުންވަނީ، އެންޑް ޔޫ ބޯތް އާ މޭޑް ފޯ އީޗް އަދަރ" ހަލަފްގެ ހިތުގައި އޮތް ގޮތަށް އޭނާ ހާމަކުރިއެވެ.

"އިޓްސް ނޮޓް ދެޓް ސިމްޕަލް" ދެއަތް ފުހެލައިފައި ހަލަފްއާ ދިމާއަށް އެނބުރިލަމުން ނިމްރާ ބުނެލިއެވެ.

ހަލަފްއާއި ނިމްރާ އެކުގައި އައިސް ސޯފާގައި އިށީނެވެ. ދުނިޔެމައްޗަށް އަނދިރިކަން ވެރިވެފައި އޮތަސް ވާރޭ ހުއްޓައެއްނުލައެވެ. ނިމްރާ އިނީ ބޭރު ފެންނާނޭހެން ހުރި ސޯފާގައި ބިއްލޫރިގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ނޯ ރެޑް... އިޓްސް ވެރީ ސިމްޕަލް، ޑެވިލް ހޭސް ފީލިންގްސް ފޯ ޔޫ، ކޮންމެ އަންހެންކުއްޖަކަށް މިކަހަލަ ޕެންޓްހައުސްއެއް ދޮންބެ ދީފާނެހެން ރެޑްއަށް ހީވޭތަ؟ ޔޫ އާ ސްޕެޝަލް ފޯ ހިމް... ރެޑް ލައިކް ނުވަނީތަ ދޮންބެދެކެ... ޓެލް މީ ރެޑް، ކުރިން ވެސް އަހަރެން މި ސުވާލުކުރިން... ޔޫ ޖަސް ކީޕް އޮން އިގްނޯރިން، ޔޫ އާ އަ ވެރީ ސްޕެޝަލް ޕާސަން ޓު މީ ޓޫ، ދޮންބެއާއި ރާދުބެ ކެއާކުރާވަރަށް އަހަރެން ވެސް ރެޑްއަށް ކެއާކުރަން، އަހަރެން ބުނިން ދޯ ޔޫ އާ ލައިކްއަ ސިސްޓާ ޓު މީއޭ" ހަލަފް ވާހަކަދެއްކުން ހުއްޓާލީ ނިމްރާ ފުންނޭވާއެއްލުމާއެކު އިސްޖަހާލި ގޮތް ފެނިފައެވެ.

"އައި ހޭވް ފީލިންގްސް ފޯ ހިމް، އަހަންނަށް ވެސް އަރްސަލް ވަރަށް ޚާއްޞަ މީހަކަށްވެއްޖެ، ހަލަފް! އަހަރެން ބިރުގަނޭ އަހަރެންގެ އިޙްސާސްތަކާމެދު، ބިރުގަނޭ އަލުން ހިތްދަތިކަމެއް ލިބިދާނޭތީ، އަރްސަލްއާއި އަހަންނާ ދެމެދު މިހާރު މި އޮތް ގުޅުން ކެނޑޭކަށް ބޭނުމެއްނޫން... ވަން ރޯންގް މޫވް ކޭން ކޮމްޕްލިކޭޓް އެވްރިތިންގް، އަރްސަލް ބޭނުންވާގޮތެއް ބުނަން އަހަންނަކަށް އަދިވެސް ނޭނގޭ، އަހަރެމެން ދެ މީހުންނަށް ފިއުޗަރއެއް އޮތްކަމެއް ނޫނީ އޭނާ އެކަމާމެދު ވިސްނާކަމެއް ވެސް ނޭނގޭ، ހީ ނެވާ ޓެލްސް މީ ހައު ހީ ފީލްސް" ނިމްރާ ދެއްކި ހުރިހާ ވާހަކައެއް ހަލަފް އިނީ ފަރުވާތެރިކަމާއެކު އަޑުއަހާށެވެ. ނިމްރާއާމެދު އަރްސަލް ރައްކާތެރިވާވަރު ހަލަފް ދުށްޓެވެ. އަރްސަލްގެ އިޙްސާސްތައް ހާމަކުރުމަށް ހަލަފް އަދާކުރި ރޯލުކުޑައެއްނޫނެވެ. ނިމްރާއާ އެއްވެސް ފިރިހެނަކު ގާތްވާން އަރްސަލް ނޭދޭކަން އެއީ ދުވާލާއި ރޭގަނޑު ފަދައިންވާ ހަޤީޤަތެކެވެ. އެކަން ހަލަފްއަށް މީހަކު ބުނެދޭކަށް ނުޖެހޭނެއެވެ.

"ހީ އިޒް ނޮޓް އެން އީޒީ ޕާސަން، ރެޑް! ޑޫ ޔޫ ލަވް ހިމް" ހަލަފް އެނގެން ބޭނުންވަނީ އެންމެ ޖަވާބެކެވެ.

"ނޫނެކޭ ބުނެވޭވަރަށްވުރެ އަހަންނަށް އަރްސަލް ކަމުގޮސްފި، ހަލަފް! އައި ޑޫ ލަވް ހިމް" ނިމްރާ ސިހުނީ އޭނާގެ ގާތަށް ސޯފާއަށް ހަލަފް އައިސް ޖެހިގަތުމުންނެވެ.

"ތެންކިއު... ރެޑް! ހީ ނީޑް ޔޫ... ހީ ވިލް ލަވް ޔޫ، މިހާރު ދޮންބެ ނުބުނި ނަމަވެސް އަދި ބުނާނެ، ޓްރަސްޓް މީ ރެޑް، އަހަރެން ތި ދެ މީހުން ވަކިވިޔަނުދޭނަން، ރާދުބެއާއި އާނާ ވެސް ބޭނުންވަނީ ރެޑްއާއި ދޮންބެ ގުޅިގެން އުޅެން، ވީ ލަވް ޔޫ ސޯ މަޗް، އައި ޖަސްޓް ވޯންޓް ޓު މޭކް ޝުއާރ" ނިމްރާގެ އަތުގައި ހިފާލުމާއެކު ހަލަފް ހިނިތުންވެލިއެވެ.

ހަލަފް އެނބުރި ގެއަށް ދިޔައިރު އަރްސަލް މެސެޖުކޮށްފައި އޮތެވެ. ހުއްޓިލައިގެން ހުންނާނޭ ވަގުތެއް އޭނާއަކަށް ނުލިބުނެވެ. އަރްސަލް އަންނަންވާއިރަށް ނިމްރާ އަވަސްވީ ތައްޔާރުވާށެވެ. ރޭގަނޑުގެ ކެއުން ބޭރުން ނަގާގޮތަށް އަރްސަލް ބުނެފައި އޮތީމައެވެ. ރީތިވެގެން ކޮޓަރިން ނިމްރާ ނުކުތް އިރު އަރްސަލް ހުރީ އައިސް އެޕާޓްމެންޓް ތެރޭގައެވެ. މަޑުކުރުމެއްނެތި ދެ ޒުވާނުން ވެސް ނުކުތީއެވެ. މާލޭގެ މަޝްހޫރު ރެސްޓޯރެންޓަކަށް ނިމްރާ ގޮވައިގެން އައިސް އަރްސަލް ވަނެވެ. ކާއެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ވާހަކަދައްކަން ފެށީ އަރްސަލްއެވެ. ބިލާލު ބައްދަލުކުރަން ފަހުން އައި ވާހަކައާއި އެނބުރި ގެއަށް ބަދަލުވާން ބިލާލު އެދުނުކަން އަރްސަލް ހާމަކުރިއެވެ. އަދި އެކަމާ މެދު އަރްސަލް ދެކޭ ގޮތް ވެސް އޭނާ ބުންޏެވެ.

"ޢާއިލާއާއެކު އުޅެންފެށީމަ ހިޔެއްނުވާނެ ދުރުބައެއްހެން، އެ ދިރިއުޅުމަށް ވަރަށް އަވަހަށް ހޭނި އާދަވެދާނެ، ބައްޕަ ވަރަށް އުންމީދުކޮށްގެން ހުންނާނީ އަރްސަލް އެނބުރި އަންނާނެކަމަށް، މިހާރު ދެން ހަޤީޤަތް އަރްސަލްއަށް އޮޅުންފިލުވައިދެވުނުކަން އެ ބައްޕައަށް އެނގޭއިރު އިތުރު ހުރަހެއް ނޯންނާނޭކަން ވެސް އެނގޭނެއެއްނު، އަރްސަލް އެކަންޏެއްނޫނެއްނު ބަދަލުވާނީ، ރާދު ވެސް ހުންނާނެއެއްނު، ހީވާގޮތުން ތި މީހުންގެ ބައްޕައަކީ ވަރަށް އަންޑަސްޓޭޑިންގް ބައްޕައެއް، ރާދުއާއި ހަލަފް ބައްޕަގެ ވާހަކަދައްކާއިރު ދައްކަނީ ވަރަށް ފަޙުރުވެރިކަމާއެކު، އެންމެ ލޯބިވާ މީހަކީ އެއީ... އަރްސަލްގެ ނަޒަރުގައި ބައްޕައަކީ ކޮންކަހަލަ މީހެއް، އަދިވެސް ބައްޕަގެ ނިންމުންތަކާ މެދު ތި ހުންނަނީ ހިތްހަމަނުޖެހިފަތަ؟" ނިމްރާގެ ޚިޔާލު އޭނާ ފާޅުކުރިއެވެ.

"ބައްޕަގެ ވައިފްއާ ދިމާއަށް އަހަރެން ވަރަށް އެއްޗެހިކީން، އެނބުރިގޮސް އެ ގޭގައި އުޅެންވީމަ... އެ އެންމެންނާ ކުރިމަތިލާންވީމަ، އެ މީހުންނާ ދައްކާނޭ ވާހަކައެއް ވެސް އަހަންނަކަށް ނޭނގެ، ބައްޕައަކީ ގޯސް މީހެއްނޫން، އަހަންނަށް ބައްޕަ ނޭނގުނީ، އެކަމަކު ބައްޕައަށް އަހަރެން އެނގިއްޖެ، އަހަރެންދެކެ އެއްފަހަރުވެސް ރުޅިއެއްނާދޭ، ބައްޕަގެ މިހާރުގެ ވައިފްއަކީ ވެސް އަސްލު ވަރަށް ރަނގަޅު މީހެއްކަން އެނގޭ، އަހަރެމެން ކުޑައިރު ބައްޕަ އޭނާއާ މެރީކުރީ، ކާގަޑީގައި އަތުން މޮޑެގެން ކާންދީ ހެދި، އޭރު ވެސް އޭނާގެ އަތުން ނުކަނީ އަހަރެން، ރާދު އުފަލުން އިނދެ ކައި ނިންމާލާނެ، ބާޒާރުކުރަން ގޮސްފިއްޔާ ކޮންމެވެސް އެއްޗެއް އަހަންނާއި ރާދުއަށް ނުގެނެސްދޭ ފަހަރެއްނުދާނެ، އެހާ ރަނގަޅުވީމަ އޭރު ހީކުރެވުނީ އޭނާ ކަންދައްކަނީކަމުގައި، އަހަންނާއި ރާދުއަކީ އޭނާގެ ދަރީންނެއް ވެސް ނޫން، އެކަމަކު އަހަރެމެންދެކެ އޭނާ އެހާ ލޯބިވާންވީ ސަބަބެއް އޭރު ނޭނގުނު، އެކަމަކު މިހާރު ހިތަށް އަރަނީ، ބައްޕަދެކެ ހަޤީޤީ ލޯބިވާ މީހަކު އޭނާގެ ދަރީންދެކެ ވެސް ލޯބިވާނޭ، އެހެންވެއޭ އަހަރެމެންނަކީ އަމިއްލަ ދަރީންނަށް ނުވިޔަސް އެހާ ހެޔޮކޮށް ކަންތައްތައް ކޮށްދިނީ، ސްކާލެޓް! އައި އޭމް ނޮޓް އެން އީޒީ ޕާސަން، އެ ހުރިހާ ކަމަކަށްފަހު ގެއަށް ބަދަލުވާންވީމަ އުނދަގޫވަނީ، ދެޓް އޯކްވާޑްނެސް ވިލް ކިލް މީ" އަރްސަލްގެ ތުނިކޮށް ހުރި ތުނބުޅީގައި އޭނާ އަތްހާކާލިއެވެ.

"އެއީ ކުޑަދުވަސްކޮޅެއްގެ އޯކްވާޑްނެސްއެއް، ބައްޕަގެ ވައިފްއަކީ މަންމަގެ މާޤާމުގައި ގޭގައި އިން އަންހެނެއް، ބައްޕައާއި މަންމަ ގާތުގައި އުޅޭން ލިބުމީ ނަސީބެއްނު، ބޭކާރު ޚިޔާލުތައް ނުކޮށް ލިބުނު ފުރުޞަތާމެދު ވިސްނަންވީ، ކުރީން ކުރެވުނު ކުށް ތަކުރާރުނުކޮށް އޭގެ ބަދަލުގައި ބައްޕައާއި މަންމަގެ ހިތްހަމަޖައްސައިދެވޭތޯ ބަލަންވީ، ޖަސްޓް ޓްރައި... އެކަމުން އަރްސަލްއަށް ވެސް ހިތްހަމަޖެހުން ލިބޭނެ، ގިނަ ދުވަހު މަޑުނުކޮށް ރާދުއާ ވެސް ވާހަކަދައްކާފައި ބައްޕަ ގާތަށް އެނބުރިދޭ، ގޯސް ހެދުނީ އަރްސަލްއަށްނަމަ މީ އެކަން ރަނގަޅުކުރަންވީ ވަގުތު، އިތުރަށް ބައްޕަ އިންތިޒާރުކުރަން ނުޖައްސުވާ" ނިމްރާ ލުއި ހިނިތުންވުމެއް އަރްސަލްއާ ބަދަލުކޮށްލިއެވެ.

ރެސްޓޯރެންޓުން އަރްސަލް ނުކުތީ ހިތްހަމަޖެހިފައި ހުރެއެވެ. އެއްވެސް މީހަކާ މިހާތަނަށް ޚިއްޞާނުކުރާ އެތައް ވާހަކައެއް އަރްސަލްވަނީ ނިމްރާއާ ޚިއްޞާކޮށްފައެވެ. ނިމްރާއާ ވާހަކަދައްކަން އޭނާއަށް ފަސޭހައެވެ. އެހެންވާންވީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ނިމްރާއަކީ އޭނާގެ މިލްކެއްކަމުގައި އަރްސަލް ޤަބޫލުކުރެއެވެ. އެހެންވެ ނިމްރާ ވަކިވުމުގެ ޚިޔާލެއް އޭނާގެ ނެތެވެ.

"ޖަސްޓް ވެއިޓް ސްކާލެޓް، އައި ވިލް މޭކް ޔޫ ޓޯޓަލީ މައިން، އޭރުން މުޅި އުމުރަށް ތީ އަހަރެންގެ ހައްޤަކަށްވާނެ" ކާރުގައި ހޮޓެލްއާ ދިމާއަށް ދުއްވަމުންދިޔައިރު އަރްސަލްގެ ހިތުގައި ވިއެވެ.

* * * * *

ޖެހިގެން އައި ދުވަހު ރަސްމީ ގަޑީގައި މަސައްކަތުގައި ނިމްރާ އިނެވެ. ޗެރިޓީ އިވެންޓް ބާއްވަން ބޭނުންވާ ޖަމިއްޔާގެ ފަރާތުން އައިސްތިބި މީހުންނާއެކު ނިމްރާގެ އޮފީސް ތެރޭގައި ބައްދަލުވުމެއް ހިނގަމުންދިޔައެވެ. ބައްދަލުވުން ކުރިއަށް ދިޔައިރު އައި ފޯނުކޯލަށް ޖަވާބުދިނީ އީވާއެވެ. ބައްދަލުވުން ނިންމާލާފައި ޖަމިއްޔާއިން އައިސް ތިބި މީހުން ކެބިންއިން ނުކުތުމުން އެ މީހުންނާއެކު ދޮރާ ހަމައަށް ދިޔަ ނިމްރާ އެނބުރި އައިސް ކެބިންތެރެއަށް ވަނެވެ.

"ކާކު ގުޅީ" ނިމްރާ އަހާލިއެވެ.

"އެއްކަލަ މީހާ އައިސް އެބަހުރި... އެންއާރް ކޮމްޕެނީއާ ބެހޭ ގޮތުން ވާހަކަދައްކާލަންވެގެންނޯ، އެ ކޮމްޕެނީ ވިއްކާލަނީއޯ، ބައްދަލުކުރަން ބޭނުންނޫނިއްޔާ ދެން އުނދަގޫނުކުރާނަންކަމަށް ނިމްރާ މެޑަމް ގާތު ބުނާށޯ" އީވާ ނޯޓުކޮށްފައި އޮތް ކަރުދާސްކޮޅެއް ބަލަމުން އެއްފައްޗަށް ކިޔާލިއެވެ. ނިމްރާއަށް ލިބުނީ ހައިރާންކަމެވެ. ހަރަކާތެއްނުކޮށް އެއްޗެކޭ ނުބުނެވިފައި އިރުކޮޅަކު ހުއްޓެވެ.

"ކޮބާ އޭނަ" ނިމްރާ އަހާލިއެވެ.

"ލޮބީގައި... އެތެރެއަށް ވަންނަން ހުއްދަނުދޭތީ، ބުނަންވީތަ މިކޮޅަށް ފޮނުވާށޭ" އީވާ ފޯނު އަތްގަނޑު ނަގަން އުޅުނެވެ. އެއާއެކު ނިމްރާ ވަގުތުން މަނާކުރިއެވެ.

"އަހަރެން އަންނާނަން އޭނާއާ މީޓުކޮށްފައި، އީވާ! އަހަރެން ދިޔަތަނެއް މީހަކު ގާތު ބުނާނެކަމެއްނެތް، ރާދު ނޫނީ އަރްސަލް އެހިޔަސް" ނިމްރާގެ އަޑުގައި ހުރި ސީރިއަސްކަން އީވާއަށް ފާހަގަވިއެވެ.

"ޑޯންޓް ވޮރީ... އައި ވިލް ސޭ ސަމްތިންގް މީހަކު އަހައިފިއްޔާ" އީވާ ބޯޖަހާލާފައި ބުނެލިއެވެ. ނިމްރާ ވެސް ބޮލުން އިޝާރާތެއް ކޮށްލުމާއެކު އޭނާގެ މޭޒުމަތީ އޮތް ފޯނު ނަގައިގެން ކެބިންއިން ނުކުތެވެ. (ނުނިމޭ)