ދުނިޔެ

ޖަޕާނުގައި ހޫނުގަދަވެ 30 މީހުން މަރުވެއްޖެ

Jul 22, 2018

ޓޯކިޔޯ (ޖުލައި 21) - ޖަޕާނުގެ ގިނަ ސަރަހައްދުތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެ މިހާތަނަށް 30 މީހުން މަރުވެފައިވުމާ ގުޅިގެން ސަމާލުވާން އަންގައިފި އެވެ.

މިދިޔަ ދެ ހަފްތާގެ ތެރޭގައި ހޫނުގެ އަސަރުކޮށްގެން 1،000 އަށް ވުރެ ގިނަ ހޮސްޕިޓަލުން ފަރުވާދީފައިވާއިރު، ހޫނު މިން 40.7 ޑިގްރީގައި ހުންނަތާ މިހާރު ވަނީ ހަފްތާއެއްވެފަ އެވެ.

ކިޔޯޓޯ ސިޓީގައި ހޫނުމިން 38 ޑިގުރީގައި ހުރިއިރު، ސްކޫލުގެ ގޯތި ތެރޭގައި ކުރިއަށް ގެންދިޔަ ކުލާހެއްގައި ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ވަނީ މަރުވެފަ އެވެ.

އެ ގައުމުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ވަނީ، ގިނައިން ފެންބޮއެ، ހަށިގަނޑު ފިނިކޮށް ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.