ދުނިޔެ

ބާރުގަދަ ތޫފާނާއެކު ޖަޕާނަށް ބޮޑެތި ގެއްލުންތަކެއް

Oct 13, 2019

ޓޯކިޔޯ (އޮކްޓޯބަރު 13) - ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް އެރި ބާރުގަދަ ތޫފާނުގައި މިހާތަނަށް ދެ މީހަކު މަރުވެ، މިލިއަނަކަށް ވުރެ ގިނަ މީހުންގެ ސަލާމަތަށް އެހެން ސަރަހައްދުތަކަށް ދިޔުމަށް އަންގާފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

"ހަގިބިސް"ގެ ނަމުން ނަންދީފައިވާ ތޫފާނު، ޖަޕާނުގެ މައި ރަށްކަމަށްވާ ހޮންޝޫއަށް އަރާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ފާއިތުވި ބައިގަރުނު ތެރޭގައި ޖަޕާނަށް އެރި އެންމެ ބާރުގަދަ ތޫފާނާއެކު، އެ ރަށުގެ ކޯރުތައް ފުރިގެން، ޓޯކިޔޯގައި ފެންބޮޑުވުމުގެ ބިރުވެސް ވަނީ ހީވެފަ އެވެ.

ޖަޕާނު ސަރުކާރުން ބުނި ގޮތުގައި އެންމެ 24 ގަޑިއިރު ތެރޭގައި 37 އިންޗީގެ ވާރޭ ވެހިފައިވާއިރު، މިހާތަނަށް 80 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާވެ އެވެ.

މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް 17،000 އަށްވުރެ ގިނަ ސިފައިންނާ ފުލުހުން މިހާރު ތިބީ ތައްޔާރީ ހާލަތުގަ އެވެ.