ކ. ކޮށްދިއްޕަރުގައި ހަދާފައިވާ މަތީ ފެންވަރުގެ ރިސޯޓަށް ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑުގެ ތިން ވަނައެއް ލިބިއްޖެ އެވެ.
މޯލްޑިވްސް އިންސައިޑާގައިވާ ގޮތުން ކޮއްދިއްޕަރުގައި ހަދާފައިވާ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓަށް މި އެވޯޑުތައް ލިބިފައިވަނީ އިނގިރޭސިވިލާތުގައި މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑުގެ ގާލާ އިވެންޓުގަ އެވެ.
ސްޕާތަކަށް ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑުގައި ކޮއްދިއްޕަރު ރިސޯޓަށް ލިބިފައިވަނީ ލަގްޒަރީ ޑެސްޓިނޭޝަން ސްޕާ އެވޯޑާއި ލަގްޒަރީ ރިސޯޓް ސްޕާ އެވޯޑު އަދި ލަގްޒަރީ ސްޕާ ރިޓްރީޓް އިން އިންޑިއަން އޯޝަން އެވޯޑެވެ.
ކޮއްދިއްޕަރުގައި ހަދާފައިވާ ސްޕާއަކީ ތަފާތު އެކި ފަރުވާތައް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެވެ. މިތަނުން އަޔުރުވެދިކް ޓްރީޓްމަންޓްތައްވެސް ދެ އެވެ.
މާލެ އިން ފުރައިގެން 15 މިނެޓުން ސްޕީޑް ލޯންޗުގައި ދޭ ރާސްތާގައި ތަރައްގީ ކޮށްފައިވާ ކޮއްދިއްޕަރު ރިސޯޓުގައި 120 ވިލާގ ހުރެ އެވެ. ކުރިން މި ރަށަކީ ދިވެހި ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ ރަށެވެ. ނަމަވެސް މި ރަށް 65 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) އަށް ސިންގަޕޫރުގެ ޕާކް ހޮޓެލް އަށް ވަނީ މިދިޔަ އަހަރު ވިއްކާލާފަ އެވެ.