އެކާވީސް ފަޅު ރަށެއް ވަރުވާއަށް ދޫކުރަން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާއިން މިއަދު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި ރަށްތައް ހިފަން ބޭނުންވާ ބިޑްފޯމް މާދަމާއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ވިއްކާނެ ކަމަށެވެ. ބިޑް ފޯމެއް ވިއްކާ އަގަކީ 20ރ. އެވެ.
ފިޝަރީޒުން މިފަހަރު ވަރުވާއަށް ދޭން ހުޅުވާލަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅުގެ ރަށްތަކެވެ.
ބީލަމަށް ހުޅުވާލި ރަށްތައް
- މ. މާޅަވެލި (އާވެލި) (1.00 ހެކްޓަރު)
- މ. ދިއްތުޑި (15.78 ހެކްޓަރު)
- މ. ގޮންގަލީހުރާ (1.00 ހެކްޓަރު)
- މ. ސީދީހުރާ (1.28 ހެކްޓަރު)
- މ. ސީދީހުރާވެލިގަނޑު (3.00 ހެކްޓަރު)
- ފ. ކަނޑުމޫނުފުށި (0.84 ހެކްޓަރު)
- ފ. އެނބުލުފުށި (1.00 ހެކްޓަރު)
- ފ. އަދަންގައު (1.29 ހެކްޓަރު)
- ފ. ވިލިނގިލިވަރުފިނޮޅު (0.10 ހެކްޓަރު)
- ފ. މަޑިވަރުހުރާ (0.26 ހެކްޓަރު)
- ފ. މަގޫދޫބޮޑުފިނޮޅު (0.81 ހެކްޓަރު)
- ފ. ދިގުވަރުފިނޮޅު (0.72 ހެކްޓަރު)
- ހއ. ކުޑަފިނޮޅު (3.60 ހެކްޓަރު)
- ހއ. އުމުރަތްފިނޮޅު (1.09 ހެކްޓަރު)
- ހދ. އިންނަފުށި (2.25 ހެކްޓަރު)
- ށ. ކުޑަދޫ ) 3.60 ހެކްޓަރު)
- ރ. ދިއްކުރެއްދޫ (4.00 ހެކްޓަރު)
- ޅ. ކަޅުމަންޖެހުރާ (0.70 ހެކްޓަރު)
- ކ. އިތާފިނޮޅު (0.24 ހެކްޓަރު)
- އދ. ކަޅަހަނދިހުރާ (1.16 ހެކްޓަރު)
- ވ. ތުނޑުހުރާ (0.10 ހެކްޓަރު)
ފިޝަރީޒް މިނިސްޓްރީން ބުނީ މި ރަށްތަކުގެ މައުލޫމާތު ސާފު ކުރުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އަދި ރޮސެސިން ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7-9 އަކަށް ކަމަށެވެ.
ވަރުވާއަށް ދޫކުރަން އިތުރު ރަށްތަކެއް އިއުލާނު ކުރިއިރު، މިދިޔަ އަހަރު ވެސް ވަރުވާއަށް އިތުރު ރަށްތަކެއް ވަނީ ދޫކޮށްފަ އެވެ.