ހޮލީވުޑް

"ޓޮޕް ގަން" ސީކުއެލް: ޓޮމް ކްރޫޒްއާއެކު ޖެނިފާ ކޯނެލީ

ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒް، 1986 ވަނަ އަހަރު ކުޅުނު ފިލްމު "ޓޮޕް ގަން" ގެ ސީކުއެލް ފިލްމުގައި އޭނާއަކު ލީޑު ބަތަލާގެ ރޯލު ކުޅުމަށް ޖެނިފާ ކޯނެލީ ހަމަޖައްސައިފި އެވެ. ޕެރެމައުންޓް ޕިކްޗާސްއާއި ސްކައިޑާންސް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ނަމަކީ "ޓޮޕް ގަން: މެވްރިކް" އެވެ.

ޖެނިފާ 47، އެންމެ މަޝްހޫރުވީ ފިލްމު "އަ ބިއުޓިފުލް މައިންޑް" އާއި "ހީޒް ޖަސްޓް ނޮޓް އިންޓު ޔޫ" އިންނެވެ.

ވެރައިޓީން ރިޕޯޓުކުރި ގޮތުގައި މި ފިލްމު ޑައިރެކްޓުކުރަނީ ފިލްމު "އޮބްލިވިއަން" ޑައިރެކްޓުކުރި ޖޯއީ ކޮސިންކީ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ "ޓުވެލް ސްޓްރޯންގް" ގެ ސްކްރީންޕްލޭ ލިޔުނު ޕީޓާ ކްރެގްއާއި "ދަ ޖަންގަލް ބުކް" ގެ ސްކްރީންޕްލޭ ލިޔުނު ޖަސްޓިން މާކްސް އެވެ.

ސީކުއެލްގައި ގެނެސްދޭނީ ޑްރޯން ޓެކްނޮލޮޖީގެ ދުނިޔެއެއްގައި ހިނގާ ކަންކަމެވެ. އަދި ކުއްތާ ބޭނުންކޮށްގެން ކުރީގައި ކުރަމުންދިޔަ ޑޯގްފައިޓިން އީރާއަށް ނިމުންއައިގޮތް މި ފިލްމުގައި ހިމަނާނެ އެވެ. ޓޮމް ކްރޫސް މި ފިލްމުގައި ކުޅެނީ ފްލައިޓް އިންސްޓުރަކްޓަރެއްގެ ރޯލެވެ. އަދި ޖެނިފާ ކުޅެނީ އެއާ ބޭސްއެއްގައި މަސައްކަތްކުރާ އެކަނިވެރި މައެއްގެ ރޯލެވެ.

މި ފިލްމުގެ ޕްރޮޑިއުސްކުރާނީ ފުރަތަމަ ފިލްމުވެސް ޕްރޮޑިއުސްކުރި ޖެރީ ބްރޫކްހިމާ އެވެ. އޭނާއަކު ޓޮމް އާއި ސްކައިޑާންސްގެ ސީއީއޯ ޑޭވިޑް އޭލިސަންވެސް މި ފިލްމު ޕްރޮޑިއުސްކުރާނެ އެވެ. ސިނަމާތަކަށް ފިލްމު ގެނެސްދޭނެ ނިންމާފައި ވަނީ ޖުލައި 12، 2019 ގަ އެވެ.