ހޮލީވުޑް

ޖޭމްސް ކެމެރަންގެ ވަރުގަދަ ފިލްމެއް ޑިސެމްބަރުގައި

"އެލްޓާ: ބެޓްލް އޭންޖެލް" ގެ އޮފިޝަން ޓްރެއިލާ.

ވިޒުއަލް އިފެކްޓްސްގެ ވަރުގަދަ ފިލްމުތައް ގެނެސްދީގެން ޕްރޮޑިއުސަރު ޖޭމްސް ކެމެރަން ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ. "ދަ ޓާމިނޭޓާ" އާއި "އޭލިއަންސް" އަދި "އެވެޓާ" ފަދަ ފިލްމުތަކަކީ މިގޮތުން ފާހަގަކޮށްލެވޭ ފިލްމުތަކެވެ. މި ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދާއި ރަސްކަން ކުރަމުން އަންނަ ފިލްމުތަކެވެ. އޭނާގެ ފިލްމު "އެވަޓާ" އާއި "ޓައިޓޭނިކް" އަކީ މިހާރުވެސް ބޮކްސް އޮފީހުގެ އެންމެ އުހުގައި އޮތް ދެ ފިލްމެވެ.

ޖޭމްސް 63، ގެ ފިލްމެއް އެންމެ ފަހުން ގެނެސްދިނީ 2015 ގަ އެވެ. އެއީ އާނޯލްޑް ފެނިގެންދިޔަ "ޓާމިނޭޓާ ޖެނިސިސް" އެވެ. މި އަހަރާއެކު ކުރިއަށް އޮތް ހަތަރު އަހަރު، ކޮންމެ އަހަރަކަށް ޖޭމްސްގެ ވަރުގަދަ ފިލްމެއް ތާވަލު ކޮށްފައި އެބަ އޮތެވެ. އެގޮތުން މި އަންނަ ޑިސެމްބަރުގައި ރިލީޒްކުރާ ފިލްމު "އެލިޓާ: ބެޓްލް އޭންޖެލް" ވަރުގަދަ، މޮޅު ފިލްމަކަށް ވާނެ އެވެ. މި އަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމުގެ އޮފިޝަލް ޓްރެއިލާ ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ބެލެވޭ ގޮތުގައި "އެލިޓާ: ބެޓްލް އޭންޖެލް" ޝޫޓުކޮށްފައި ވަނީ މުސްތަގުބަލުގައި ދުނިގެ އޮންނާނެ ކަމަށް ލަފާކުރެވޭ ގޮތަށެވެ. މި ފިލްމުގެ ވާހަކަ ފެށޭނީ ފިލްމުގައި ކްރިސްޓޮފް ވޯލްޓްޒް ކުޅޭ ކެރެކްޓަރު، އިޑޯއަށް އާދަޔާ ހިލާފު ބާރުތަކެއް ލިބިފައި ހުންނަ އިންސާނީ ސިފަތައް ހުރި މެޝިނުން މަސައްކަތްކުރާ މީހެއް ފެންނަ ހިސާބުންނެވެ. މި "އިންސާނީ-މެޝިން" ނުވަތަ އެލިޓާގެ ރޯލުން ފެނިގެންދާނީ ރޯޝާ ސަލާޒަރް އެވެ.

އެލްޓާއަކީ 300 އަހަރުކުރިން ބޭނުންކުރި ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އުފައްދާފައިވާ މެޝިން-އިންސާނެކެވެ. ވަރަށް ގިނަ ޒަމާންތަކެއް ވަންދެން ހޭވެރިކަން ނެތިފައި އެލްޓާ އޮއްވާ އޭނާ ހޭލައްވާނީ އިޑޯ އެވެ. ހޭވެރިކަންވާއިރު މާޒީގައިވި ހުރިހާ ކަމެއް އޭނާ ހުންނާނީ ހަނދާންނެތިފަ އެވެ. މާޒީ ހަނދާންކުރަން އުޅުމުގެ ތެރޭގައި އޭނާއަށް އާދަޔާ ހިލާފު އެތަށް ބާރެއް ލިބިފައިވާކަން އިނގިގެންދެ އެވެ.

މި ފިލްމު ތައްޔާރުކޮށްފައި ވަނީ ޔުކިޓޯ ކިޝިރޯ ލިޔުނު ގްރެފިކް ނޮވެލް ވާހަކަ ސީރީޒެއް ކަމަށްވާ "ގޫންމް" ގެ މައްޗަށެވެ. އެ ވާހަކަ ސީރީޒްގެ ފުރަތަމަ ހަތަރު ފޮތުގައި ގެނެސްދީފައިވާ ބައިތައް މި ފިލްމުގައި ހިމެނޭނެ ކަމަށްވެ އެވެ.

"އެލިޓާ: ބެޓްލް އޭންޖެލް" ޑައިރެކްޓުކުރީ ރޮބާޓް ރޮޑްރިގޭޒް އެވެ. ރޮބާޓްއަކީ "ސިން ސިޓީ" ކަހަލަ މޮޅެތި ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެކެވެ. ކްރިސްޓޮފް އަދި ރޯޝާއާއެކު މި ފިލްމުގައި މުހިންމު ރޯލުތަކުން ޖެނިފާ ކޯނެލީ އާއި މަހޭރްޝަލާ އަލީ، އެޑް ސްރީން، ޖެކީ އާލީ ހޭލީ އަދި ކީއާން ޖޯންސަން ފެނިގެންދާނެ އެވެ.