ހަބަރު

އީސީއަށް ނަޝާތު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް އަލީ ނަޝާތުގެ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތުގެ އައްޔަން ކުރުމަށް ރައީސް އަބުދުﷲ ޔާމީން މަޖިލީހަށް ފޮނުވި މައްސަލައާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި އޭނާއަށް ރުހުން ދިނުމަށް ފާސްވީ ވޯޓުގައި ބަައިވެރިވި 32 މެންބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެންބަރުން ޖަލްސާގައި ބައިވެރި ނުވެ ޖަލްސާ ވަނީ ބޮއިކޮޓްކޮށްފަ އެވެ.

އީީސީގެ މެންބަރު ކަމުގެ މަގާމް ހުސްވެފައިވަނީ އެމަގާމްގައި ކުރިން ހުންނެވި މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވުމުން ނެވެ. އަލީ ނަޝާތަކީ އެ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމް އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.