ހަބަރު

ސީރިޔާގައި މަރާލި މީހާ ޖިހާދަށް ދިޔައީ އަނބިމީހާ އާއި ދަރިން ގޮވައިގެން: އެންސީޓީސީ

ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާއައަށް ގޮސް އުޅެނިކޮށް އަނިޔާވެރި ގޮތަކަށް މަރާލި ދިވެހި މީހާ ކަމުގައިވާ އަހުމަދު ޒުބޭރު އެ ގައުމަށް ގޮސްފައިވަނީ އޭނާގެ އަނބިމީހާ އާއި ދަރިން ގޮވައިގެން ކަމަށް ނޭޝަލަން ކައުންޓާ ޓެރަރިޒަމް ސެންޓަރު، އެންސީޓީސީއިން ބުނެފި އެވެ.

އެންސީޓީސީއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސީިރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލި އަހުމަދު ޒުބޭރަކީ ދީނީ ހަރުކަށި ފިކުރަށް ތަބާވެ އެފަދަ ފިކުރުތައް ފަތުރަން މަސައްކަތްކޮށްފައިވާ ކަމުގެ ރެކޯޑް ހިމެނޭ މީހެއް ކަމަށެވެ.

އޭނާ ބޭރުގެ ޖަމާއަތްތަކާ ގުޅިގެން ސީރިޔާގައި ހިންގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ރާއްޖެ ދޫކޮށް ދަތުރުކޮށްފައިވާ ދިވެހިންގެ ލިސްޓްގައި ހިމެނޭ ފަރާތެއް ކަމަށާއި އޭނާއާއެކު އޭނާގެ ދަރިންނާއި އަންހެނުން ގެންގޮސްފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. ނަމަވެސް ޒުބޭރުގެ ތިބެނީ ކިތައް ދަރިން ކަމެއް އަދި ސާފުނުވާ ކަމަށް ބުންޏެވެ.

ބަޔާނުގައު އިތުރަށް ވަނީ، އޭނާގެ މަރާއި ބެހޭގޮތުން ލިބިފައިވާ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމާއި އޭނާއާމެދު ކަންތައްތައް ހިނގާފައިވާ ގޮތް ފުރިހަމައަށް ދެނެގަތުމަށްޓަކައި ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން އެންސީޓީސީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒުބޭރު މަރާލާފައިވަނީ އައިސްއާއެކު ހަނގުރާމައަށް ގޮސް ސީރިއާގައި އުޅެނިކޮށް ސީރިއާގައި އޮންނަ އައިއެސްއާ ދެކޮޅު ޖަމާއަތެއް ކަމަށްވާ ތަހުރީރުއް ޝާމުންގެ ޖަމާއަތުން އޭނާ ހައްޔަރު ކުރުމަށްފަހު އެވެ. އޭނާ މަރާލާފައިވަނީ ބޯ ބުރިކޮށްލައިގެން ކަމަށްވެ އެވެ.