ބޮލީވުޑް

އަމީތާބާއި ތާޕްސީގެ "ބަދްލާ" އަންނަ އަހަރު

އަމީތާބް ބައްޗަންއާއި ތާޕްސީ ޕަންނޫ ވަނީ މީގެ ކުރިންވެސް އެކުގައި ފިލްމެއްގައި މަސައްކަތްކޮށްފަ އެވެ. އެއީ ކޯޓް ރޫމް ޑްރާމާ ފިލްމެއް ކަމަށްވާ "ޕިންކު" ގަ އެވެ. އެ ފިލްމުގެ ކާމިޔާބީއަށްފަހު މި ތަރިން އެކުގައި ފެނިގެންދާނީ ކްރައިމް ތްރިލާ ފިލްމު "ބަދްލާ" އިންނެވެ.

"ބަދްލާ" ގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، ފިލްމު ރިލީޒްކުރާނެ ތާރީހު މިހާރު ވަނީ ހާމަކޮށްފަ އެވެ. ސުޖޯއީ ގޯޝް ޑައިރެކްޓުކުރާ މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު މާޗު އަށެއް ގަ އެވެ. މި ފިލްމަކީ ސްޕެނިޝް ފިލްމެއް ކަމަށްވާ "ކޮންޓްރާޓިމްޕޯ" ގެ ރީމޭކް އެކެވެ.

ތާޕްސީ ކުރި ޓުވީޓް.

އަޒޫރް އެންޓަޓެއިންމަންޓާއެކު މި ފިލްމު ކޯ-ޕްރޮޑިއުސްކުރަނީ ޝާހުރުކް ޚާންގެ ރެޑް ޗިލީ އެންޓަޓެއިންމަންޓުންނެވެ. ފިލްމު ރިލީޒްކުރާ ތާރީހު ޓުވިޓާ މެދުވެރިކޮށް ހާމަކުރީ ތާޕްސީ އެވެ. މި ފިލްމު ރީލީޒް މިކުރަނީ އަންނަ އަހަރު ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހު އެވެ.

ޝޫޓިން އެއްކޮށް މިހާރު ނިމިފައިވާ މި ފިލްމުގެ މަންޒަރުތައް ނެގީ ލަންޑަނާއި ސްކޮޓްލޭންޑުގަ އެވެ. މި ފިލްމަކީ އަމީތާބް އާއި ޝާހުރުކްވެސް ގިނަ އަހަރުތަކަކަށްފަހު އެކުގައި މަސައްކަތްކުރަމުން އަންނަ ފިލްމެކެވެ.