ފިނިޕޭޖް

ހުކުރުގައި ޝުވެކަށް: މިޝަން އިމްޕޮސިބަލް 6

ޕެރެމައުންޓު ޕިކްޗާސްއިން ގެނެސްދޭ ފިލްމު ސީރީޒް "މިޝަން: އިމްޕޮސިބަލް" ގެ ހަވަނަ ފިލްމު "މިޝަން" އިމްޕޮސިބަލް - ފޯލްއައުޓް" އަންނަ ހުކުރުގައި ޝުވެކް ސިނަމާގައި ޕްރިމިއާކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން މިހާރު ވަނީ ފަށާފަ އެވެ.

އެކްޝަން ސްޕައި މި ފިލްމު ސީރީޒްގެ ފިލްމުތަކަކީ މަޝްހޫރު އެކްޓަރު ޓޮމް ކްރޫސް ސިއްރު އޭޖެންޓެއްގެ ރޯލު ކުޅެމުން އަންނަ ފިލްމުތަކެކެވެ. ހަވަނަ ފިލްމު ޑައިރެކްޓުކުރީ މީގެކުރިން ހަމަ މި ފިލްމު ސީރީޒްގެ ފިލްމެއް ޑައިރެކްޓުކޮށްފައިވާ ކްރިސްޓޮފާ މެކްކުއޭރީ އެވެ. އޭނާ މި ފިލްމު ކޯ-ޕްރޮޑިއުސްވެ ކުރި އެވެ.

މުހިންމު ރޯލުތަކުން މި ފިލްމުގައި ހެންރީ ކެވިލް، އެންޖެލާ ބެސެޓް، ވިންގް ރޭމްސް، ސައިމަން ޕެގް، ރެކެބޭކާ ފާގްސަން އަދި ސޯން ހެރިސް ފަދަ ތަރިން ފެނިގެންދާނެ އެވެ. މިއީ ހެންރީ އާއި އެންޖެލާ މި ފްރެންޗައިޒްގެ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ.