ސައިންސް

މާސްއިން ފެން ކޯރެއް ފެނިއްޖެ

ދުނިޔެ ހިމެނޭ ސޯލާ ސިސްޓަމުގައި ހިމެނޭ ޕްލެނެޓް، މާސްއިން ފެނުގެ ކޯރެއް ފެނިއްޖެކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިކަމަށް ބީބީސީއިން ރިޕޯޓުކޮށްފި އެވެ. މި ފެނުގެ ކޯރު ފެނިފައި ވަނީ އެ ޕްލެނެޓުގެ ދެކުނު ފަރާތުގައި ހުރި ގަނޑު ފެންގަނޑުގެ ގާތުންނެވެ. މި ފެން ކޯރުގެ ދިގުމިނުގައި 20 ކިލޯ މީޓަރު ހުންނާނެ ކަމަށްވެ އެވެ.

މީގެ ކުރިން ނާސާއިން ހެދި ބައެއް ދިރާސާތަކުންވެސް މާސްގައި ފެން ހުރެދާނެ ކަމަށް ފާހަގަވެފައިވެ އެވެ. ނަމަވެސް އެކަން ޔަގީވެފައެއް ނުވެ އެވެ. މިއީ މާސްގައި ފެންހުރިކަން ޔަގީންވި ފުރަތަމަ ފަހަރެވެ. މާސްގެ އެޓްމޯސްފިއާ ހުންނަ ގޮތުން އެ ޕްލެނެޓްގެ ފިނިމިން ވަރަށް މަތީގައި ހުންނާތީ ހުރިހާ ފެނެއް މީގެ ކުރިން ހުންނަނީ ގަނޑުވެފަ އެވެ.

މިއީ ސައިންސުވެރިންނަށް ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. އެއީ ވަރަށް ގިނަ ސައިންސުވެރިން މާސްގައި ފެންހުރިތޯ ބެލުމަށް ކުރި މަސައްކަތްތައް މީގެކުރިން ނާކާމިޔާބުވެފައި ވާތީ އެވެ. އަދި ދުނިޔޭގެ އިތުރުން އެހެން ތަނެއްގައި ދިރުންވޭތޯ ބެލުމަށް ދިރާސާކުރާ ސައިންސުވެރިންނަށްވެސް މިއީ ޝައުގުވެރި ހަބަރެކެވެ.

މި ދިރާސާ ހަދާފައި ވަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އިންނެވެ. މާސްގައި ފެންހުރިތޯ ބެލުމަށް އެމީހުން ބޭނުންކުރީ މާސްއާއި ބެހޭގޮތުން ދިރާސާކުރުމަށް އެމީހުން ޖައްވަށް ދޫކޮށްލާފައިވާ މާސް އެކްސްޕްރެސް އޯބިޓާގައި ހަރުކޮށްފައިވާ ރާޑާ އިންސްޓްރޫމަންޓެއް ކަމުގައިވާ "މާސިސް" އެވެ.