ހަބަރު

24 ފަރާތަކަށް މަތީ ދަރަޖަ ދީފި

ރާއްޖެ އަށް ރީތި ނަން ހޯދައިދީގެން 24 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމް މިރޭ ދީފިއެވެ.

ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މަތީ ދަރަޖަ ހާސިލްކޮށްގެން އިނާމް ދީފައިވަނީ 24 ފަރާތަކަށެވެ. އެއީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ދެ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 19 މީހުންނާއި، ބައިނަލްއަގްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް މިންކުރުމަކުން އެންމެމަތީ ވަނަ ހޯދާފައިވާ ތިން ބޭފުޅެކެވެ.

މަތީ ދަރަޖަ ހާސިލްކުރި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވި 2 ބޭފުޅުންނަކީ:

ޑޮކްޓަރ ޢަބްދުއްރަޙީމް ޙަސަން ލިލީގެ، ތ. ހިރިލަންދޫ
ޑޮކްޓަރ މަރްޔަމް ޝަހްނީޒާ ނަޞީރު ތިލަދޫ، ހއ. ދިއްދޫ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ޕީ.އެޗް.ޑީ.އަށް ފުރަތަމަ ހުޅުވާލި ފުރުޞަތުގައި އެކޯހުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގައި ފުރަތަމަ ޕީ.އެޗް.ޑީ ހާސިލު ކުރެއްވުމުގެ ޝަރަފު ހޯއްދަވާފައިވާތީ، އެކަމުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ސަރުކާރުން ދެއްވި ހަނދާނީފިލާ ލިބިވަޑައިގަތް ދެ ބޭފުޅުންނަކީ:

ޑޮކްޓަރ ސުނީނާ ރަޝީދު ކާނިގަސްދޮށުގެ، ގދ. ރަތަފަންދޫ
ޑޮކްޓަރ ޢާއިޝަތު ޢަލީ މ. ހިޔާވަހިގެ

މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 19 ބޭފުޅުންނަކީ:

ޑޮކްޓަރ މުޙައްމަދު ޝިފާން މ. ވިންޑްސްކްރީން
ފާޠިމަތު ޝިނާޒާ ކަންމަތީގެ، ސ. ހުޅުދޫ
އަމީނާ އާދަމް ހުރާ، ހދ. ކުޅުދުއްފުށި
އިބްރާހީމް ރަޝީދު ހިކިފިނިފެންމާގެ، ހއ. ތުރާކުނު
މުޙައްމަދު ޝިފާން ގ. ކެރަފާގެ
ޢަލީ ޝަރީފު ނޫރާނީގެ، ރ. އިންނަމާދޫ
މަރްޔަމް ފަޒުލީނާ މުޞްޠަފާ ވާރުގެ، ސ. ހުޅުދޫ
އާމިނަތު ޝަޒުރާ ޕާމްޝޭޑް، ސ. ފޭދޫ
ޢަބްދުﷲ ރާބިޢު ގަލްގާސްގެ، ކ. ދިއްފުށި
ޢަލީ އަޙްމަދު ބިއްދޮށުގެ، ފ. ނިލަންދޫ
މުޙައްމަދު ހުޝާމް ޢަލީ ހ. އާޒާދެވާދީ
ޢަބްދުލްޢަލީމް ޙަސަން ގުލްއަލާގެ، ޅ. ހިންނަވަރު
ޢަބްދުﷲ އިރުފާން ޝެހެނާ، ރ. އަލިފުށި
ޙައްވާ ޝިއުނާ ހ. މިލަހަނދުވަރުގެ
ފާޠިމަތު ސުހާ ހ. އަލަނާސިމާގެއާގެ
ހާޝިމް އަބޫބަކުރު ކެވެލި، ހދ. ކުޅުދުއްފުށި
މަރްޔަމް ސާމިޙާ ގ. ސިނަމާލެ 1 01-13
ޢާއިޝަތު ޢިއްފާ އަޝްރަފް ހ. ރޭ
ފަރުޙާން ޢަލީ އުޑުވިލާ، އއ. މަތިވެރި

ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ހާސިލުކުރެއްވީ 3 ބޭފުޅުންނެވެ. އެބޭފުޅުންނަކީ:

ޝާހީން އިބްރާހީމްދީދީ ސީނުގެ، ގއ. ކޮނޑޭ
ޝަހުމީނާ ލަބީބު ބެރެބެދިމާގެ، ސ. ހިތަދޫ
ޔަޒީދު މުޙައްމަދު ވައިޖެހޭގެ، ގއ. ވިލިނގިލި

2017 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:

މަރްޔަމް ހައިބާ ޢަބްދުﷲ، ހ. ހުބަ - މެތަމެޓިކްސް (އިސްކަންދަރު ސްކޫލް)
ނަސަމް ނަސީމް، ރަތްވިލާގެ ލ. ފޮނަދޫ - ޓްރެވަލް އެންޑް ޓޫރިޒަމް (ޖަމާލުއްދީން ސްކޫލް)
އަޙްމަދު މިޞްބާޙް ޢަލީ، މިދިލިމާގެ، ތ. ކަނޑޫދޫ - މެރިން ސައިންސް (ތ. ކަނޑޫދޫ ސްކޫލް)

2018-2017 ވަނަ އަހަރު ބޭއްވި މަތީ ސާނަވީ އިމްތިޙާނުން މުޅި ދުނިޔެއިން އެކި މާއްދާތަކުން 1 ވަނަ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރި ދަރިވަރުންނަކީ:

ޢާއިޝަތު އާލާ އިޤްބާލް، ބިލިމަގުމާގެ، ސ. ހިތަދޫ – އެކައުންޓިންގ (އައްޑޫ ހައި ސްކޫލް)
ޙުސައިން ރަފްޢާން ސަޢީދު، ކުމުންޒާނިގެ، ސ. ފޭދޫ – އެކައުންޓިންގ (އައްޑޫ ހައި ސްކޫލް)
އައިމަން އިބްރާހީމް، ނޫރަންގެ، ޅ. ކުރެންދޫ – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
ހުޝާމް ޢަބްދުލްޙަމީދު، ވައިމަތީގެ، ތ. ގާދިއްފުށީ – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
އިބްރާހީމް ޝާދިން މުޙައްމަދު، މއ. ގޯލްޑް ހޯޕް – އެކައުންޓިންގ (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
މަރްޔަމް އިންޝާ ޒިޔާދު، އަލިމަސްވާދީ، ސ. ހުޅުދޫ - އެކައުންޓިންގ، އިކޮނޮމިކްސް (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
އާސިޔަތު އަޤްޞާ ޢަފީފް، ދިރުން، ގދ. ތިނަދޫ – އިކޮނޮމިކްސް (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
މަރްޔަމް އަޒްހާ އިބްރާހީމް، މ. ޝަބްނަމްވިލާ - ކެމިސްޓްރީ، ފިޒިކްސް (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
އާމިނަތު އިބާނާ ޝާހިދު، މޭވާގަސްދޮށުގެ، ސ. ހުޅުދޫ - ބިޒްނަސް ސްޓަޑީޒް (ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން)
ޙަސަން ސަރާޙް، ގ. ސިނަމާލެ 1 02-14 - ބިޒްނަސް ސްޓަޑީޒް (ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް)

ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ހާސިލުކުރެއްވި ޙާފިޡުންނަކީ:

އަލްޙާފިޡާ ޝައުސަން ވަސީމް ވެސްޓްލައިޓް، ސ. ހުޅުދޫ
އަލްޙާފިޡާ މަރްޔަމް ވަދީފާ މިސްކިތްމަގު ބާޣުބަހާރު، ޏ. ފުވައްމުލަކު
އަލްޙާފިޡް މުރުޝިދުލް އަމީން ނީލަންވާދީ، ސ. ހިތަދޫ
އަލްޙާފިޡާ އާމިނަތު ޙިޝްމާ އާދަމް މ. ސަމަރުބްލޫގެ
އަލްޙާފިޡާ ސުޖާތާ ޢަބްދުލްޣަފޫރު މާލެ ދަފްތަރު ނަންބަރު: ރސ 5559
އަލްޙާފިޡާ މަރްޔަމްދީދީ މެރިހާނާ، ސ. މީދޫ
އަލްޙާފިޡާ ސަޖްވާ މުޙައްމަދު ލަޠީފް ފެހިގެ، ދ. މީދޫ

ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރެއްވި ސްކައުޓް، އާރުޒޫ، ގދ. ތިނަދޫ، އަނޫފް ޢަބްދުﷲ އަށާއި، ބޭޑަންޕަވަލް ބެޖް ހާސިލުކުރެއްވި ގ. ލަގަނާ، މުޙައްމަދު އަޒާން ޢަބްދުﷲ އަށާއި، ތީތާގެ، ސ. މީދޫ، މުޙައްމަދު ފައުޒޫންއަށް މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބެޖް ދެއްވިއެވެ.