ހަބަރު

ގުރުއާން ހިތު ދަސްކުރި ހަތް ހާފިޒަކަށް މެޑަލް ދީފި

ކީރިތި ގުރުއާން ހާސިލްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލް ހަތް ބޭފުޅަކަށް ދީފި އެވެ.

އެއީ ހަ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ.

ރައީސްގެ މެޑަލް ހޯއްދެވި ހާފިޒުން

  • ސ ހުޅުދޫ، ވެސްޓްލައިޓް، އަލްހާފިޒާ ޝައުސަން ވަސީމް
  • ޏ ފުވައްމުލަކު މިސްކިތްމަގު، ބާއުބަހާރު، އަލްހާފިޒާ މަރްޔަމް ވަދީފާ
  • ސ ހިތަދޫ، ނީލަންވާދީ، އަލްހާފިތް މުރުޝިދުލް އަމީން
  • ސ މީދޫ، މެރިހާނާ، އަލްހާފިޒާ މަރްޔަމްދީދީ
  • ދ މީދޫ، ފެހިގެ، އަލްހާފިޒާ ސަޖްވާ މުހައްމަދު ލަތީފް
  • މ. ސަމަރުބްލޫގެ، އަލްހާފިޒާ އާމިނަތު ހިޝްމާ އާދަމް
  • މާލެ ދަފްތަރު ނަންބަރު: ރސ 5559، އަލްހާފިޒާ ސުޖާތާ އަބްދުލްޣަފޫރު

މިނިވަންދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި މި ހަތް ބޭފުޅުންނަށް މެޑަލް އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ.

މި މެޑަލް އަކީ ވެސް މަތީ ދަރަޖަ ހާސިލްކުރާ ފަރާތްތަކަށް ދޭ މެޑަލް ތަކުގެ ތެރޭގައި ހިމެނޭ މެޑެއްޔެކެވެ. މި ހަތް ބޭފުޅުންނާއެކު އިތުރު 13 ބޭފުޅަކު ވެސް ވަނީ މަތީ ދަރަޖަ ހޯދާފަ އެވެ.