ހަބަރު

މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އަރުވަނީ

Jul 28, 2018
މާލޭފައި ބޭއްވި ހަވާއެރުވުމުގެ ހަރަކާތެއްގެ ތެރެއިން. -- އަވަސް ފޮޓޯ
0%
0%
0%

މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ، މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ 11:15 ގައި ހަވާއެރުވުން އޮންނާނެ ކަމަށާއި ހަވާއަރުވާނީ ރަސްފަންނުގައި ކަމަށެވެ. އަދި ހަވާއެރުވުން ބަލަން ބޭނުންވާ ފަރާތްތަކަށް ވަނީ އާންމުކޮށް ހުޅުވާލާފައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިރޭ ހަވާއަރުވާއިރު، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ކުޅިވަރުތައްވެސް މިރޭ ގަލޮޅު ދަނޑުގައި އޮންނާނެ އެވެ. ރޭ ބާއްވަން އުޅުނު ކުޅިވަރުތައް މިރެއަށް ފަސްކޮށްފައިވާއިރު ވަކި ސަބަބެއް އަންގާފައެއް ނުވެ އެވެ.

މީގެ އިތުރުން ދިވެހި ސިފައިންގެ ތަފާތު ހުނަރުތައް ދައްކައިލާ މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު 4:00 ގައި މާލޭގައި ބާއްވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345