ހަބަރު

ހިތަދޫން ގެއްލުނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

Jul 31, 2018

އައްޑު އަތޮޅު، ހިތަދޫއިން ގެއްލިގެން ހޯދަމުންދާ މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އައްޑޫ ސިޓީ ލިންކް ރޯޑާއި ދިމާލުން ކުދުމާރެހަ ނަމަކަށް ކިޔާ ފަޅުރަށެއް ކައިރިން މަރުވެފައި އޮއްވައި ފެނިފައިވަނީ ހިތަދޫއަށް ނިސްބަތްވާ އުމުރުން ދުވަސްވީ މީހެކެވެ. އެއީ އެރަށު އަބްދުﷲ މަނިކުފާނު 80، އެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 12:43 ހާއިރު އެމީހާ ގެއްލިގެން ފުލުހަށް އާއިލާއިން ރިޕޯޓެއް ކުރި ކަމަށެވެ. އެއާއެކު އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، އެމީހާ މޫދުގައި މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 8:00 ހާއިރު ކަމަށެވެ.

ބެލެވޭ ގޮތުގައި އަބްދުﷲ މަރުވެފައިވަނީ މޫދަށް އެރި އުޅެނިކޮށެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެނިފައި ނުވާއިރު، އެއީ އާންމުކޮށް އެ ސަރަހަށްދަށް މޫދަށް ގޮސް އުޅޭ މީހެއް ކަމަށް ވެސްވެ އެވެ.