ފިނިޕޭޖް

"ދި ޑާކެސްޓް މައިންޑްސް" އާއި "ކްރިސްޓޮފާ ރޮބިންސް" ޝުވެކަށް

ޓުވެންޓިއެތް ސެންޗުރީ ފޮކްސްއިން ގެނެސްދޭ ފިލްމު "ދި ޑާކެސްޓް މައިންޑްސް" އާއި ވޯލްޓް ޑިޒްނީ ފިކްޗާސްއިން ގެނެސްދޭ ފިލްމު "ކްރިސްޓޮފާ ރޮބިންސް" އަންނަ ހުކުރު ދުވަހު ޝުވެކް ސިނަމާގައި ޕްރިމިއާ ކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ދެ ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން ބުދަ ދުވަހު ފަށާނެ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައި ވެސް މި ފިލްމުތައް ދައްކާނެ އެވެ.

ދި ޑާކެސްްޓް މައިންޑްސް

އާދަޔާ ހިލާފު ބާރުތަކެއް ލިބޭ ޒުވާން އުމުރުފުރާގެ ކުދިންތަކެއް އުޅޭ މި ފިލްމަކީ ސައިންސް ފިކްޝަން ފިލްމެވެ. މުހިންމު ރޯލުތަކުން އެމެންޑާ ސްޓެންބާގް، ހެރިސަން ޑިކްސަން، މެންޑީ މޫރީ އަދި މިޔާ ޒެކް ފެނިގެންދާނެ އެވެ. މި ފިލްމު ޑައިރެކްޓުކުރަނީ ޖެނިފާ ޔޫ ނެލްސަން އެވެ.

"ދި ޑާކެސްްޓް މައިންޑްސް" ޓްރެއިލާ.

"ސްޓްރޭންޖާ ތިންގްސް" އާއި "އެރައިވަލް" ގެ ޕްރޮޑިއުސަރުން ކަމަށްވާ ޑެން ލެވީން އާއި ޝޯން ލެވީ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ސްކްރީންޕްލޭ ތައްޔާރުކުރީ އެލެކްޒެންޑްރާ ބްރެކެން އާއި ޗެޑް ހޮޖް އެވެ.

ކްރިސްޓޮފާ ރޮބިންސް

"ކްރިސްޓޮފާ ރޮބިންސް" އަކީ ޑިޒްނީ ކާޓުން "ވިންނީ ދަ ޕޫ" ލައިވް އެކްޝަން ފިލްމަކަށް ހައިދައިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ޓައިޓަލް ކެރެކްޓާ ކްރިސްޓޮޕާ ރޮބިންގެ ރޯލުން ފެނިގެންދާނީ އިވަން މެކްގްރާގަ އެވެ. ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދާނީ ހޭލޭ އެޓްވެލް، ބްރޮންޓް ޝާމިކަލް އަދި މާކް ގެޓިސް އެވެ.

"ކްރިސްޓޮފާ ރޮބިންސް" ޓްރެއިލާ.

މި ފިލްމަކީ އެލެކްސް ރޮސް އަދި އެލިސަން ޝްރޯޑާގެ ސްކްރީންޕުލޭއަކަށް މާކް ފޯސްޓާ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. އޭ.އޭ މިލްނީ އުފެއްދި ކެރެކްޓާސްތަކާއެކު މި ފިލްމު ވާހަކަ ލިޔުނީ ޕެރީ އެވެ. ފިލްމު ޕްރޮޑުސަރުންގެ ތެރޭގައި ހިމެނެނީ ބްރިގްހަމް ޓެއިލާ، ކްރިސްޓިން ބުރް އަދި ރޭނީ ވުލްފީ އެވެ. އެގްޒެކެޓީވް ޕްރޮޑިއުސަރަކީ ޖެރެމީ ޖޯންސް އެވެ.