ވިޔަފާރި

ބީއެމްއެލް އިސްލާމިކް ފައިނޭންސުން މުދާ ގަނެގެން އުމްރާ ދަތުރެއް

Aug 1, 2018

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ފައިނޭންސުން މުދާ ގަނެގެން ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބީއެމްއެލް އިސްލާމިކްއިން ތަކެތި ގަންނަ ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގައި، އެކަމަށް އުމްދާ ދަތުރެއް ލިބޭނެ ކަމަށެވެ. އަދި އެ އިނާމު ލިބޭ މީހަކަށް އިތުރު މީހެއް ގެންދެވޭނެ އެވެ.

ގައުމީ ބޭންކުގެ އިސްލާމިކް ބޭންކު ގޮފިން ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި "ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން" އިން އެއް ލައްކަ ރުފިޔާއާ ހަމައަށް ވިޔަފާރި ކުރެވެ އެވެ. މި ސްކީމުގެ ދަށުން ވިޔަފާރިކުރެވޭ ބާވަތްތަކުގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނުން ފެށިގެން ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ހިމެނެ އެވެ. އަދި މި ސްކީމުގެ ދަށުން ހަތް ދުވަހުގެ ތެރޭގައި ފައިނޭންސިލް ހަމަ ޖެހޭނެ އެވެ. އަދި ރަހުނު ނުވަތަ ގެރެންޓީއެއް ބޭނުމެއް ނުވާނެ އެވެ.

މި ސްކީމުގެ ދަށުން ވިޔަފާރިކުރެވޭ ބާވަތްތަކުގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނުން ފެށިގެން ކޮންސްޓްރަކްޝަން މެޓީރިއަލް ވެސް ހިމެނެ އެވެ. އަދި މި ސްކީމުގެ ދަށުން ހަތް ދުވަހުގެ ތެރޭގައި ފައިނޭންސިލް ހަމަ ޖެހޭނެ އެވެ. އަދި ރަހުނު ނުވަތަ ގެރެންޓީއެއް ބޭނުމެއް ނުވާނެ އެވެ.

ބީއެމްއެލް އިސްލާމިކްއިން ދަނީ ޕާސަނަލް ފައިނޭންސިންގެ އިތުރުން ގެދޮރު އިމާރާތް ކުރުމަށް ހާއްސަ ފައިނޭންސިލް ފެސިލިޓީސްތައްވެސް ދޫކުރަމުންގެންދެ އެވެ.