ދުނިޔެ

އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިމުގައި 400 ގެ އަޅަނީ

އިޒްރޭލު (ޖުލައި 31) - ޔަހޫދީ ދައުލަތް އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކް ބިމުގައި 400 ގެ އަޅަން ނިންމާފައިވާކަމަށް އިޒުރޭލުގެ ޑިފެންސް މިނިސްޓަރު އަވިދޯރް ލީބާމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ފަލަސްތީނުގެ 17 އަހަރުގެ ފިރިހެން ކުއްޖަކު އިޒްރޭލުގެ ތިން މީހަކަށް ވަޅިން ހަމާލާދީ އެކަކު މަރާލައި އަނެއް ދެމީހުން ޒަހަމްކޮށްލާފައި ވަނިކޮށެވެ. ފަލަސްތީނުގެ ސިފައިން ވަނީ ބަޑިޖަހާއި އެކުއްޖާ މަރާލާފަ އެވެ. އޭނާގެ އާއިލާގެ މީހުންނަށް މަސައްކަތް ނުކުރެވޭނެ ގޮތަށް ވޯކް ޕާމިޓްވެސް ވަނީ މިހާރު ހިފަހައްޓާފަ އެވެ.

އަވިދޯރް ކުރި ޓުވީޓެއްގައި ބުނީ މި ގެތައް އަަޅާނީ ފަލަސްތީނުން މަރާލި އިޒްރޭލު މީހާގެ މަރަށް ފަލަސްތީނަށް ރައްދުދިނުމުގެ ގޮތުން ކަމަށެވެ. އަދި މިއީ އެމީހާގެ މަރުގެ ބަދަލުގައި ފަލަސްތީނަށް ދެވޭނެ އެންމެ "ރަނގަޅު ޖަވާބު" ކަމަށްވެސް ބުންޏެވެ. ވެސްޓް ބޭންކުގައި ގެދޮރު އެޅުމަކީ ބައިނަލްއަގުވާމީ ގާނޫނަށް ބަލާނަމަ އިޒްރޭލަށް ކުރެވޭނެ ކަމެއް ނޫނެވެ.

ފަލަސްތީނުން ބުނާގޮތުގައި އިޒްރޭލުން ވެސްޓް ބޭންކްގެ ބިމުގައި ގަވާއިދާ ހިލާފަށް އިތުރު ގެދޮރުތައް އަޅަމުންދާނަމަ އެ ގައުމުގެ ދައުލަތް ހުއްޓުމަކަށް އައިސްދާނެ އެވެ. އިޒްރޭލުން ވަނީ ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ ފެށި ފަހުން 1967 ވަނަ އަހަރުގައި ވެސްޓް ބޭންކާއި ގާޒާ އަދި ގުދުސްގެ ބިން ފޭރިގެންފަ އެވެ.