ހޮލީވުޑް

"އިންކްރެޑިބަލްސް 2" އަށް ބިލިއަނެއް

ޑިޒްނީ ޕިކްސާރުން ގެނެސްދިން އެނިމޭޓެޑް ފިލްމު "އިންކްރެޑިބަލްސް 2" އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިއްޖެ އެވެ. ސިނަމާތަކުގައި މި ފިލްމު ދައްކަމުން އަންނަތާ މިހާރު ހަ ވަރަކަށް ހަފްތާވެއްޖެ އެވެ.

މީގެ ކުރިންވެސް މި ފިލްމު ވަނީ ބޮޑު ރެކޯޑެއް މުގުރާލާފަ އެވެ. މި ފިލްމަކީ ފުރަތަމަ ދުވަހު، މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމެވެ. ހަތަރު ހާހަށްވުރެ ގިނަ ސްކްރީނުތަކުގައި އަޅުވައިގެން މި ފިލްމަށް ވަނީ ފުރަތަމަ ދުވަހު
180 މިލިއަން ޑޮލަރު ލިބިފަ އެވެ.

"އިންކްރެޑިބަލްސް 2" މި ގެނެސްދިނީ މީގެ ފުރަތަމަ ފިލްމު ނިކުތްތާ 14 އަހަރު ފަހުންނެވެ. މި ފިލްމަކީ ސުޕަހީރޯއިންގެ އާއިލާއެއްގެ މެމްބަރުންނަށް ދިމާވާ ތަފާތު ކަންކަން ދައްކުވައިދޭ ފިލްމެކެވެ.

"އިންކްރެޑިބަލްސް 3" ގެ ޓްރެއިލާ.

ފުރަތަމަ ފިލްމާ ހިލާފަށް މި ފިލްމުގައި ލީޑު ނެގީ މިސްޓާ އިންކްރެޑިބަލްސްގެ އަންހެނުން އިލާސްޓިގާލް އެވެ. މިސްޓާ އިންކްރެޑިބަލްއަށް މިފަހަރު ޖެހުނީ ކުދިން ބަލަން ގޭގައި ހުންނާށެވެ.