ވިޔަފާރި

އެސްޓާސްއިން "ކްރޭޒީ އީދު ސޭލް" ފަށައިފި

"ކްރޭޒީ އީދު ސޭލް" ގެ ނަމުގައި ބޮޑު އީދާއި ދިމާކޮށް އެސްޓާސް އިން ވަރަށް އަގުހެޔޮ ސޭލެއް ފަށައިފި އެވެ.

މި ސޭލުގައި އެސްޓާސް ފިހާރައިން ވިއްކާ އެކި ބާވަތްތަކުން ސަމާނު ވަރަށް ހެޔޮއަގެއްގައި ލިބެން ހުންނާނެ އެވެ. މީގެ ކުރިން އެސްޓާސްއިން ވިއްކާ ސާމާނު އަގުހެޔޮ ނުވާވަރަށް މި ސޭލުގައި އަގުހެޔޮވާނެ އެވެ.

ގެއަށް ބޭނުންވާ ސާމާނުތައް ކަމަށްވާ ޓީވީ އާއި ސޯފާ ސެޓް، އެއާ ކޮންޑިޝަނާ ރެފްރިޖަރޭޓަރު އަދިި ބެޑް ރޫމް ސެޓުތަކުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

އެސްޓާސްއަކީ 1997 ވަނަ އަހަރުން ފެށިގެން ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ. އަދި މިހާރު އެސްޓާސްވަނީ ދިވެހިންގެ މަގުބޫލު ބްރޭންޑަކަށެވެ.