ކުޅިވަރު

އުރީދޫގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ފުޓުބޯޅަ މެޗެއް ކުޅެފި

Aug 2, 2018
1

އުރީދޫ މޯލްޑިވްސްގެ 13 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައިބްރޭންޑް އެމްބެސަޑަރުން ކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އެކު ވަރަށް ފޯރިގަދަ ފުޓުބޯޅަ މެޗު ތަކެއް ކުޅެފި އެވެ.

އުރީދޫ މޯލްޑިވްސް އަދި ނިއު ރޭޑިއަންޓުގެ މެނޭޖްމަންޓް ޓީމް ތަކުގެ މެދުގައި މެޗެއް ކުޅެފައިވާ އިރު، އުރީދޫގެ ސްޓާފުންނާއި ނިއު ރޭޑިއަންޓު ޓީމްގެ ކުޅުންތެރިންވެސް ވަނީ ވަރަށް ފޯރިގަދަ މެޗެއްގައި ބައްދަލުކޮށްފަ އެވެ.

މި ކުލަގަދަ އިވެންޓުގައި، އުރީދޫގެ ބްރޭންޑް އެމްބެސަޑަރުން ކަމުގައިވާ ހަބޭސް ބޮޑުބެރު ގްރޫޕް، އަދި އެންޑިއުރަންސް އެތްލީޓް އަހުމަދު އާތިފް ވެސް ވަނީ ބައިވެރިވެފަ އެވެ.

ފާއިތުވެ ދިޔަ އަހަރު ތަކާއި އެއްފަދައިން، އުރީދޫގެ އަހަރީ ދުވަސް ދިވެހި ރައްޔިތުންނާއި އެކު ފަހަގަ ކުރުމަށް މުޅި އޮގަސްޓް މަހުގެ ތެރޭގައި ގިނަ ހަރަަކާތްތަކެއް ކުރި އަށް ގެންދެވޭނެ އެވެ.