ފިނިޕޭޖް

ޗުއްޓީ ހޭދަކުރަން ރިއާ ކަޕޫރް ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ރިއާ ކަޕޫރް ޗުއްޓީ ހޭދަކުރުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. ރިއާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ސޮނެވާ ޖާނީ ރިސޯޓުގަ އެވެ.

ރިއާ 31، އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދެ ވަނައަށް އެންމެ ދޮށީ ދަރިފުޅެވެ. އަދި މަޝްހޫރު އެކްޓްރެސް ސޯނަމް ކަޕޫރްގެ ކޮއްކޮ އެވެ.

ރިއާ އެންމެފަހުން ޕްރޮޑިއުސްކުރި ފިލްމަކީ މިދިޔަ ޖޫން މަހު ނިކުތް ފިލްމު "ވީރޭ ދި ވެޑިން" އެވެ. އެ ފިލްމު ވެގެންދިޔައީ ފުރަތަމަ ފަހަރަށް ބޮލީވުޑްގެ ފިލްމެއްގައި ހުސް އަންހެން ތަރިން ލީޑުން ފެނިގެންދިޔަ ފިލްމަށެވެ. ބޮކްސް އޮފީހުގައިވެސް އެ ފިލްމު ވަނީ 100 ކްރޯޑްގެ އާމްދަނީއަކާއެކު ބޮޑު ކަމީޔާބީއެއް ހޯދާފަ އެވެ.

ރިއާ ޕްރޮޑިއުސްކުރި އެހެން ފިލްމުތަކުގެ ތެރޭގައި "ކޫބްސޫރަތު"، "އައިޝާ" އަދި "ޝޯޓްކަޓް" ހިމެނެ އެވެ.