ބޮލީވުޑް

"ޕަލްޓަން" ޓްރެއިލާ: އިންޑިއާއާއި ޗައިނާ ހަނގުރާމައަށް

"ޕަލްޓަން" ގެ ޓްރެއިލާ.

ހަނގުރާމަ މަތީ ފިލްމުތައް ގެނެސްދިނުމަށް ޖޭޕީ ދަތްއަކީ ކުޅަދާނާ ޑައިރެކްޓަރެކެވެ. އޭނާ 12 އަހަރުފަހުން އަނބުރާ ޑައިރެކްޝަންގެ ދާއިރާއަށް މި އަންނަނީވެސް ހަނގުރާމަ މަތީ ފިލްމަކުންނެވެ. އެ ފިލްމަކީ "ޕަލްޓަން" އެވެ.

އިންޑިއާ އާއި ޗައިނާގެ ދެމެދުގައި 1962 ވަނަ އަހަރު ހިނގި ހަނގުރާމައިގެ ފަހުން ވީ ކަންތައްތައް ދައްކުވައިދޭ މި ފިލްމުގެ ޓެރްއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. މި ފިލްމުގައި ގެނެސްދޭނީ 1967 ގައި އިންޑިއާއާއި ޗައިނާ ގުޅޭ ބޯޑަރުކަމުގައިވާ ނަތުލާ ޕާސްގައި އިންޑިއާގެ ސިފައިންނާއި ޗައިނާގެ ސިފައިންގެ ދެމެދުގައި ހިނގި ހަމަނުޖެހުންތަކެވެ.

މި ފިލްމުގައި ލީޑު ރޯލުތަކުން ފެނިގެންދާނީ ޖެކީ ޝްރޮފް އާއި އަރްޖުން ރާމްޕާލް، ސޯނޫ ސޫދް، ކުނާލް ކަޕޫރް އަދި ގްރުމީތު ޗައުދަރީ އެވެ. އިތުރުން މުހިންމު ރޯލުތަކުން އިޝާ ކުޕްތާ އާއި ސޮނާލީ ޗޯހާން، ދީޕިކާ ކައްކަރު އަދި މޮނިކާ ގިލް ފެނިގެންދާނެ އެވެ.

ޖެޕީ ފިލްމްސްއާއި ޒީ ސްޓޫޑިއޯސްގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމު ސިނަމާތަކުގައި ދައްކަން ފަށާނީ އަންނަ މަހު ހަތެއްގަ އެެވެ.